މުސާރަވެސް ދީފަ ގޭގަ މާޑުކޮށްލަން ބުނީމަ އެކަން ކުރެވެން ޖެހޭނެ!: ސަރުކާރު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 39ސ
މުސާރަވެސް ދީފަ ގޭގަ މާޑުކޮށްލަން ބުނީމަ އެކަން ކުރެވެން ޖެހޭނެ!: ސަރުކާރު

މުސާރަ ވެސް ދީފައި ގޭގައި މަޑުކޮށްލައިގެން ތިބެން ބުނުމުން އެކަން ކުރެވެން ވާނެ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކްކް ވިދާޅުވެއްޖެއެވެ. 

މިއަދުން ފެށިގެން ސަރުކާރު ބަންދުކުރަން ނިންމުމާއި ގުޅިގެން މަބްރޫކް ފުރަތަމަވެސް ވިދާޅުވީ ސަރުކާރު ބަންދުކުރަނީ ކޮފީ މޭޒުތައް ކައިރީގައި ތިބެން ނޫން ކަމަށާއި ގޭގައި މަޑުކުރަން ކަމަށެވެ. އެގޮތަށް ވިދާޅުވުމަށްފަހު ހަމަ އެ ރޭ މަބްރޫކް ވަނީ އޭނާ ހިންގަވާ ކޮފީ ޝޮޕް ބަންދުކުރައްވައިފައެވެ. 

މިއަދުން ފެށިގެން ހަފްތާ ބަންދާއިއެކު 10 ދުވަހުގެ ޗުއްޓީއެއް ސަރުކާރު މުވައްޒިފުންނަށް ވަނީ ދީފައެވެ. މުސާރަ ވެސް ލިބޭ ގޮތަށެވެ. ސަރުކާރުން ހުރިހާ މުވައްޒިފުންގެ ކިބައިންވެސް އެދިފައިވަނީ ހަމަ އެންމެ ކަމަކަށެވެ. އެއީ ގޭގައި މަޑުކޮށްލައި ދިނުމެވެ.

މިއަދު އޮންލައިން