ގައިދީންގެ އާއިލީ ބައްދަލުވުންތައް ވީޑިއޯ ކޯލް މެދުރިކޮށް!

ކިޔުމަށް ހޭދަވާނީ 1މ
ގައިދީންގެ އާއިލީ ބައްދަލުވުންތައް ވީޑިއޯ ކޯލް މެދުރިކޮށް!

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 އާއި ގުޅިގެން ގައިދީންގެ އާއިލީ ބައްދަލުވުންތައް ވީޑިއޯ ކޯލް މެދުވެރިކޮށް ހަމަޖެއްސުމަށް މަޝްވަރާކޮށްފައިވާ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު މިއަދު ވިދާޅުވެއްޖެއެވެ.

މިކަމާއި ގުޅޭގޮތުން ސީޕީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޖަލުތަކުގެ ޑިރެކްޓަރުންނާއި ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ ބައްދަލުވުމުގައި ގައިދީންނަށް މި ހާލަތުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ދިނުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވިގެން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މަހުގެ 10ވަނަ ދުވަހު ކަރެކްޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކޮރޯނާވައިރަހަށް ރާއްޖެއިން ހަ މީހަކު ޕޮޒިޓިވްވެ، ގައުމުގެ ހާލަތު "ޔެލޯ އެލާޓަށް" މަތިކޮށްފައިވާތީ ރައްކާތެރިވުމުގެ ގޮތުން ޖަލުތަކުގައި ސަލާމަތީ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށެވެ.

އެގޮތުން ކޯޓުތަކުގެ އެދުމުގެ މަތިން ހުން އައިސް، ކެއްސާ އަދި ކިނބިހިއަޅާ ގައިދީންނާއި ބަންދު މީހުން ކޯޓަށް ހާޒިރުކުރުން މަޑުޖައްސާލަން ނިންމާފައިވާކަމަށް ކަރެކްޝަންސް އިން ބުނެއެވެ. އަދި އެފަދަ އެއްވެސް އަލާމާތެއް ހުރި ފަރާތެއް ގައިދީންނާއިއެކު އާއިލީ ނުވަތަ އެކަހެރި ބައްދަލުވުމަށް ހާޒިރުނުވުމަށް ވެސް ވަނީ އަންގާފައެވެ.

މިއަދު އޮންލައިން