ގޭގަ މަޑުކޮށްލަން ފުރުޞަތު ލިބުމުން ފޫހިވެ މާޒީ ކޮނެ، ޒުވާބުކުރަން ނުހަދައި ކައިވެނި އަލުން ވަރުނީސްކޮށް އޮފް އަރުވައިލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ގޭގަ މަޑުކޮށްލަން ފުރުޞަތު ލިބުމުން ފޫހިވެ މާޒީ ކޮނެ، ޒުވާބުކުރަން ނުހަދައި ކައިވެނި އަލުން ވަރުނީސްކޮށް އޮފް އަރުވައިލާށެވެ!

ފެތުރެމުން މިދާ ކޮރޯނާ ވައިރަސް އާއި ގުޅިގެން ރާއްޖޭގެ ގިނަ ބައަކަށްވެސް މިދަނީ ގޭގައި މަޑުކޮށްލަން ޖެހެމުންނެވެ. ސަރުކާރު ބަންދުކޮށް ގޭގައި މަޑުކުރަން ކުރި އަމުރާއި އަދި ދަތުރު ފަތުރާއި ކޮންޓެކްޓް ޓްރޭސިން ޢާއި މިނޫސްވެސް އެތައް ސަބަބުތަކެއް މެދުވެރިވެގެންނެވެ.

ކައިވެންޏަށްފަހު ތަފާތު ސަބަބުތައް ދިމާވެ ދެމަފިރިން އެކުގައި ގޭގައި ގިނަ ވަގުތު ހޭދަކުރުމުގެ ފުރުޞަތު ނުލިބިތިބި އެތައް ބައަކު އެބަ ތިއްބެވެ. ދެމަފިރިން ވެސް ވަޒީފާ އަދާކުރުމާއި ވަޒީފާގައި ހޭދަކުރަން ޖެހޭ ވަގުތުތައް ތަފާތުވުމާއި މިނޫންވެސް އެފަދަ ކިތަންމެ ކަމެއްގައެވެ. 

ގިނަ ދެމަފިރިން ވަޒީފާ އަދާކުރަނީ ކޮންމެހެން އެކަން ކުރަން ބޭނުންވެގެނެއް ނޫނެވެ. ޚާއްޞަކޮށް ދަރިން ލިބުމަށްފަހުގައެވެ. ދެމަފިރިންވެސް ވަޒީފާ އަދާކޮށްގެން ނޫނީ ދިރިއުޅުމުގެ ޚަރަދުތައް ކުރެވޭނެ ގޮތެއް ނެތުމުންނެވެ. ދިރިއުޅޭ ތަނުގެ ކުލި ބޮޑުވުމާއި ފެނާއި ކަރަންޓާއި ދަރިންނަށް ތައުލީމު ދިނުމަށާއި މިހެން ގޮސް ކޮންމެހެން ކުރަން ޖެހޭ ޚަރަދުތައް ކުރާނެ ފައިސާ ހޯދޭނެ އެނޫން ގޮތެއް ނެތުމުންނެވެ. 

ކޮންމެއަކަސް ކޮރޯނާވައިރަސްގެ ސަބަބުން ނަމަވެސް މިވަނީ ދެމަފިރިންނަށް ދަރިންނާއިއެކު ވަގުތުހޭދަކޮށްލާނެ ފުރުޞަތެއް ލިބިފައެވެ. މިފުރުޞަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފާށެވެ! 

އެއްވެސް ޙާލެއްގައި އެކުގައި ތިބެން ޖެހުމުން ވަގުތު ގިނަވެ ފޫހިވެ ދައްކާނެ ވާހަކަ ނެތިގެން މާޒީގައި ހިނގާފައި އޮތް ކޮންމެވެސް ކަމެއްގެ ވާހަކަތައް ދައްކައި ޒުވާބުކުރަން ނުހަދާށެވެ. ﷲ މިންވަރުކުރެއްވެވި މި ފުރުޞަތަކީ ތަފާތު ސަބަބުތަކާއި ހުރެ ދިރިއުޅުމުގައި އެޅިފައިވާ ކޫރުތައް މުޅިން ފިލުވާލައި އަލުން ވަރުނީސްކޮށް އޮފް އަރުވައިލުމުގެ ފުރުޞަތަކަށް ހަދާށެވެ. 

މަންމަ އާއި ބައްޕަގެ ލޯބި ފުރިހަމަ ގޮތުގައި ދެމި އޮވެ އެ ދެމަފިރިން އެކުގައި ތިބެ ދަރިންނަށް ދޭ ލޯތްބަށްވުރެ އަގުބޮޑު ހަދިޔާއެއް ދުވަހަކުވެސް ދަރިންނަކަށް ނުދެވޭނެއެވެ. ވީމާ މިއީ މިފަދަ ހުރިހާ ކަމަކަށް ލިބިގެން ދިއަ އަގު ބޮޑު ޖަވާހިރެއް ފަދަ ފުރުޞަތެއް ކަމަށް ދެކޭށެވެ. ދިރިއުޅުމުގައި އެކި ގޮތް ގޮތުން އެޅިފައި ހުރި ހުރިހާ ކޫރުންތައް ފިލުވައިލާށެވެ! މި ކަންތަކުން ސަލާމަތްވެވި ގެއިން ނުކުމެވެންވާއިރަށް މުޅިން އައު ޙަޔާތެއް ލިބިގަންނާށެވެ! 

ކޮންމެ ކަމެއްގެ ފަހަތުގައިވެސް ފޮރުވިގެންވާ އެތައް ބައިވަރު ޙިކުމަތްތަކެއް ވެއެވެ. ވިސްނަން ނުއެނގެނީއެވެ.! ލިބެންޖެހޭ ޙަޤީޤީ ފައިދާ ލިބި ނުގަނެވެނީ އެހެންވެގެންނެވެ. 

މިއަދު އޮންލައިން