ވިލިމާލެއިން ސާމްޕަލް ނެގި މީހާއާއެކު މިއަދު ނަތީޖާ ލިބުނު އެންމެން ކޮރޯނާއަށް ނެގަޓީވް!

ކިޔުމަށް ހޭދަވާނީ 1މ 44ސ
ވިލިމާލެއިން ސާމްޕަލް ނެގި މީހާއާއެކު މިއަދު ނަތީޖާ ލިބުނު އެންމެން ކޮރޯނާއަށް ނެގަޓީވް!

ކޯވިޑް-19އަށް އެންމެފަހުން ކުރި ޓެސްޓުތަކުގެ ތެރެއިން މިއަދު ލިބުނު ހުރިހާ ނަތީޖާތަކެއްވެސް ނެގެޓިވް ވެފައިވަކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމެޖެންސީ ސެންޓަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޯވިޑް-19 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަނޑައަޅުއްވާފައިހުންނަވާ ތަރުޖަމާން މުޙައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ މިހާތަނަށް ރާއްޖެއިން 571 ސާމްޕަލް ނެގި ޓެސްޓުކުރެވިފައިވާކަމަށް އޭގެ ތެރެއިން 502 މީހެއް ކޯވިޑަށް ނެގެޓިވް ވެފައިވާއިރު ޕޮޒިޓިވް ވެފައިވަނީ 13 މީހެއްކަމަށެވެ. އަދި ސާމްޕަލްގެ ނަތީޖާ ނުލިބިވަނީ 15 މީހެއްގެ ޓެސްޓްގެ ނަތީޖާއެވެ.

 

ކޯވިޑް-19އަށް ރާއްޖެއިން މިހާތަނަށް ޕޮސިޓިވްވެފައިވަނީ 13 މީހެއް

ކުރެއްދޫ އައިލެންޑް ރިސޯޓުން 5 މީހުން

ސޭންޑީޒް ބަތަލާ ރިސޯޓުން 2 މީހުން

ކުރަމަތި މޯލްޑިވްސްއިން 2 މީހުން

ސަފާރީއަކުން 2 މީހުން

އަނަންތާރަ ދިގު މޯލްޑިވްސްއިން 2 މީހުން

ރާއްޖޭގައި ކޯވިޑް-19 ފެތުރަނުދީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އައިސޮލޭޝަން ފެސިލިޓީސްތަކާއި، ކަރަންޓީން ފެސިލިޓީސްތަކުގައި މިވަގުތު ތިބިމީހުންގެ ތަފްސީލްވެސް މަބުރޫކްވަނީ ދެއްވާފައެވެ.

 

އައިސޮލޭޝަންގައާއި ކަރަންޓީން ފެސިލިޓީސްތަކުގައި ތިބިމީހުން

ވިލިވަރު - 25 މީހުން

ހުޅުމާލެ ކަރަންޓީން ފެސިލިޓީ، އެޗްއައިއެޗް - 75 މީހުން

ފަރުކޮޅުފުށި - 0

ޑީއެެޗް 11 - 2 މީހުން

ވެލިދޫ - 16 މީހުން

ފަން އައިލެންޑް - 51 މީހުން

 

މިހާތަނަށް ޓެސްޓުގެ ނަތީޖާލަތަށް ލިބިފައިވާ ރަށްތަކުގެ ތެރޭގައި ރިއު ހޮޓެލްއާއި، ޅ.ހިންނަވަރާއި، ފައިނު، އުކުޅަސް، ވިލިމާލެ، މާލެ، ހުޅުމާލޭ ހިމެނެއެވެ. ނަމަވެސް އެހުރިހާ ސާމްޕަލްތަކެއްވެސް ނެގެޓިވް ވެފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ އެކިޤައުމުތަކުގެ ތިބި ދިވެހިންގެ ތެރެއިން ބައެއް މީހުން ރާއްޖެއަށް އަންނަމުންދާކަމަށެވެ. ރާއްޖެއަށް އަންނަ ދިވެހިންވެސް 14 ދުވަހުގެ ކަރަންޓީންއަށް ކަރަންޓީން ފެސިލިޓީސްތަކަށް ގެންދެވިފައިވާކަމަށެވެ. އެގޮތުން އެކި އެއާލައިންތަކުން ރާއްޖެއަށް އައިސްފައިވާ 79 ދިވެއްސަކު މިހާރު އެކި ފެސިލިޓީސްތަކުގައި ބޭތިއްބިފައިވާކަމަށެވެ.

މިއަދު އޮންލައިން