ރަޝިޔާގައި ތިބި ދިވެހި ކިޔަވާ ކުދިންތަކެއް ކަރަންޓީނު ކޮށްފި!

ކިޔުމަށް ހޭދަވާނީ 46ސ
ރަޝިޔާގައި ތިބި ދިވެހި ކިޔަވާ ކުދިންތަކެއް ކަރަންޓީނު ކޮށްފި!

ރާއްޖެއިން ރަޝިޔާއަށް ދިޔަ ދިވެހި ކިޔަވާ ކުދިންތަކެއްގެ ގައިން ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ގެ އަލާމާތްތަކެއް ފެނިގެން އެޤައުމުގައި ކަރަންޓީނު ކޮށްފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ރަޝިޔާގައި ކަރަންޓީނު ކޮށްފައިވަނީ ތިން ދިވެހިން ކަމަށާއި ތިން މީހުންވެސް ކަރަންޓީނު ކޮށްފައިވަނީ އެމީހުންގެ ގައިގާ ކޮވިޑް-19 ގެ އަލާމާތްތަކެއް ހުރިކަން އެޤައުމުގެ ކަމާއިބެހޭ ފަރާތްތަކަށް ފެނިގެން ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެމީހުން ކަރަންޓީނު ކޮށްފައިވަނީ ފަސް ދުވަހުގެ މުއްދަތަކަށެވެ. 

އެތިން މީހުންގެ ހާލުވެސް ރަނގަޅު ކަމަށާއި ފޮރިން މިނިސްޓްރީ އާއި ރަޝިޔާ އެމްބަސީން އެމީހުންގެ ހާލު ބަލަމުން އަންނަ ކަމަށެވެ.

ރަޝިޔާއަކީ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން މަތީ ތައުލީމު ހާސިލްކުރުމަށް ދަތުރުކުރާ ޤައުމެކެވެ.

މިއަދު އޮންލައިން