ދަރިންނަށް ނަޞޭޙަތް ދިނުމަކީ މަހަކު އެއް ފަހަރު ގަޑިއެއްގެ އިރަށް ކުރިއަށް ގެންދާ ކަމަށް ނަހަދާށެވެ! ފައިދާއެއް ނުކުރާނެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ދަރިންނަށް ނަޞޭޙަތް ދިނުމަކީ މަހަކު އެއް ފަހަރު ގަޑިއެއްގެ އިރަށް ކުރިއަށް ގެންދާ ކަމަށް ނަހަދާށެވެ! ފައިދާއެއް ނުކުރާނެއެވެ!

ބައެއް މީހުން ދަރިންނަށް ނަޞޭޙަތް ދެނީ މަހަކު އެއްފަހަރު ފަދަ ދޭތެރެ ވަރަށް ދުރުވާ ގޮތަކަށެވެ. ނަޞޭޙަތްދޭ ފަހަރަކު ގަޑި ދެގަޑިއިރު އެބަ ވާހަކަ ދައްކައެވެ. މިއީ އެކަން ކުރަން ރަނގަޅު ގޮތެއް ނޫނެވެ. އެކަމުން ކުރާ ފައިދާއެއް ނުފެންނަ ކަމަށްވެސް ބުނެވިދާނެއެވެ. 

ދަރިންނަށް ނަޞޭޙަތް ދޭންވީ ގިނަގިނައިންނެވެ. އިޞްލާޙްކުރަން ޖެހޭ ފަދަ ކުރުމުން ލަސްނުކޮށެވެ. އަދި ބޭކާރު ވާހަކަ ނުދައްކައި ސީދާ މައްސަލައަށް ސަމާލުކަންދީގެންނެވެ. އަދި އެކަމަށް އެންމެ އެކަށީގެންވާ ވަގުތާއި ކަންކަމަށްވެސް ބަލައިގެންނެވެ. 

ދަރިން ފިޔަވައި އެހެން މީހުންނަށް ނަޞޭޙަތް ދިނުމުގައިވެސް ކުރުކޮށް، ފޮނިކޮށް، ރަނގަޅު ވަގުތުގައި މަދުވަގުތު ހޭދަކޮށްގެން އެކަން ކުރަން ސަމާލުކަން ދޭންވާނެއެވެ. އެހެނީ ރަސޫލް (ޞޢވ) ޞަހާބީންނަށް ނަޞޭޙަތް ދެއްވެވުމުގައިވެސް ދީނުގެ މައުލޫމާތު ދެއްވެވުމުގައިވެސް އެކަންކަމަށް ވަރަށް ބޮޑަށް ބެއްލެވިއެވެ. 

އެކަންކަމަށް ނުވިސްނާނަމަ އަޑުއަހަން މީސްތަކުން ފޫހިވާނެއެވެ! އަދި ޙާޞިލުކުރަން ބޭނުންވާ ނަތީޖާ ވެސް އޮންނާނީ ޙާޞިލު ނުކުރެވިފައެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން