ރާއްޖެއިން މިހާތަނަށް ނެގި 463 ސާމްޕަލުން ޕޮޒިޓިވްވީ 13. ފުލޫ ކްލިނިކުން ނެގި 121 ސާމަޕްލް ވެސް ނެގަޓިވް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ރާއްޖެއިން މިހާތަނަށް ނެގި 463 ސާމްޕަލުން ޕޮޒިޓިވްވީ 13. ފުލޫ ކްލިނިކުން ނެގި 121 ސާމަޕްލް ވެސް ނެގަޓިވް!

ކޮރޯނާ ވައިރަސްއަށް ޓެސްޓްކުރަން މިހައިތަނަށް ރާއްޖެއިން ނަގާފައިވަނީ 463 ސާމްޕަލް ކަމަށާއި އެއިގެ ތެރެއިން ނަތީޖާ އަދި ނުލިބިވަނީ 35 ސާމްޕަލް ކަމަށާއި ޕޮޒިޓިވް ވެފައިވަނީ 13 ސާމްޕަލް ކަމަށް ސަރުކާރުން ބުނެފިއެވެ. 

ސަރުކާރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވީ ފްލޫ ކްލިނިކުން މިހައި ތަނަށް ނަގާފައިވަނީ 121 ސާމްޕަލް ކަމަށާއި އެ ހުރިހާ ސާމްޕަލްތައްވެސް ނެގަޓިވް ކަމަށެވެ. 

ޕޮޒިޓިވްވި 13 މީހުންނާއިއެކު އައިސޮލޭޝަނުގައި ތިބީ 15 މީހުންނެވެ. 82 މީހަކު ވަނީ ކަރަންޓީނުކޮށްފައެވެ. 

ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި އޮތް ޙާލުބޮޑު ބަލިމީހާގެ ޙާލުވެސް މިހާރު އަންނަނީ ރަނގަޅުވަމުންނެވެ. އަދި އައިސީޔޫއަށް އެޑްމިޓްކުރި އިތުރު 2 މީހުންގެ ޓެސްޓް ނެގަޓިވްވެ އަދި ޙާލު ރަނގަޅުވަމުން އައި ނަމަވެސް ފުއްޕާމޭގައި ފެންހެދިފައި ހުރުމުން މިހާރު ފަރުވާދެނީ ވޯޑުގައެވެ.

މިއަދު އޮންލައިން