މާދަމާ އިން ފެށިގެން މާލެ ލޮކްޑައުންއަކަށް ގެންދާނެ ކަމަށް ވާހަކަ ފަތުރަމުން އަންނަ ކަމަށާއި ނަމަވެސް އެއީ އެއްވެސް ޙަޤީޤަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ.
"އެކަމަށް ވިސްނާފައެއް ވެސް ނެތް." މަބްރޫކް ވިދާޅުވެއެވެ.
މަބްރޫކް ވިދާޅުވީ މިހާރުވެސް ބައެއް ފިހާރަތަކުގައި ތޮއް ޖެހޭ ވަރަށް މީހުން ތިބޭ ކަމަށާއި ކެފޭތަކުގައިވެސް މީހުން ތިބޭ ކަމަށެވެ. އެހެންކަމުން ބޭނުމެއް ނެތި މަގުމަތީގައި އުލުމާއި ތޮއްޖެހުމުން ދުރުހެލިވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.