ކޮރޯނާ ވައިރަސް އަށް ޓެސްޓްކުރި ދިވެއްސެއްގެ ސާމްޕަލް ޕޮޒިޓިވްވެއްޖެ ކަމަށްބުނެ ފެތުރީ ދޮގު މައުލޫމާތުކަން މިއަދުނޫހަށް ވަނީ ކަށަވަރުކުރެވިފައެވެ. މިރޭގެ 12:55 އާއި ހަމައަށް (މިޚަބަރު އެރުވުމާއި ހަމައަށް) އެއްވެސް ދިވެއްސެއްގެ ސާމްޕަލް ޕޮޒިޓިވްވެފައި ނުވާކަން މިއަދުނޫހަށް ވަނީ ޔަޤީން ކުރެވިފައެވެ.
ސަރުކާރުން ވަނީ ކޮރޯނާ ވައިރަސް އާއި ބެހޭ ގޮތުން ދޮގު މައުލޫމާތު ނުފެތުރުމަށް އެދިފައެވެ.
ދުޢާއަކީ ކޮރޯނާ ވައިރަސްއަށް އެންމެ ދިވެއްސަކުވެސް ޕޮޒިޓިވް ނުވުމެވެ. މިނުރައްކާތެރިވަބާއިން އެންމެހައި ދިވެހިންނާއި އަދި ދުނިޔެވެސް މިންޖުކޮށްދެއްވެވުމެވެ. އާމީން