ފަން އައިލެންޑް ވެސް ކަރަންޓީނު ރަށެއްގެ ގޮތުގައި ބޭނުންކުރުމަށް ދީފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 39ސ
ފަން އައިލެންޑް ވެސް ކަރަންޓީނު ރަށެއްގެ ގޮތުގައި ބޭނުންކުރުމަށް ދީފި

މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލިޑަރު ގާސިމް އިބްރާހިމްގެ ވިލާ ހޮޓަލްސް އެންޑް ރިސޯޓްސް އިން ހިންގަމުން އައި އައިލެންޑް ރިސޯޓް އެންޑް ސްޕާ ވެސް ކޮރޯނާވައިރަސްގެ ބަލިމަޑުކަމާ ގުޅިގެން އެކަހެރި ކުރާ ފަރާތްތައް ބޭތިއްބުމަށް، ސަރުކާރަށް ދިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ކޮރޯނާވައިރަސްއާ ގުޅިގެން އެކަހެރި ކުރާ މީހުންގެ ކަންކަމަށް އައިލެންޑް ރިސޯޓް ބޭނުން ކުރަން މިހާރު އޮތީ ލިބިފައި ކަމަށެވެ.

ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި އެޗްއައިއެޗްގެ އިތުރުން ފަރުކޮޅުފުށްޓާއި ވިލިވަރު، އަދި ވެލިދޫ އައިލެންޑް ރިސޯޓް މިހާރުވެސް ދަނީ ބޭނުން ކުރަމުންނެވެ.

 

މިއަދު އޮންލައިން