އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ލޯނު ދޫކޮށްފައިވާ ފަރާތްތަކަށް ލޯނު އަނބުރާ ދެއްކުން ހަ މަހަށް ފަސްކޮށްދީފިއެވެ.
އެސްޑީއެފްސީ އިން ބުނެފައިވަނީ ކޮވިޑް-19 އާއިގުޅިގެން، އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށް އެސްޑީއެފްސީ އިން ދޫކޮށްފައިވާ ލޯނުތަކާއި އޭގެ އިންޓްރެސްޓް އަނބުރާ ދެއްކުން 6 މަސްދުވަހަށް ފަސްކުރަން ނިންމައިފިކަމަށާއި އަދި މި 6 މަސްދުވަހުގެ އިންޓްރެސްޓް ރޭޓް ވަނީ %4 އަށް ކުޑަކުރެވިފައިކަމަށެވެ.
ކޮވިޑް-19 އާއިގުޅިގެން، އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށް އެސްޑީއެފްސީ އިން ދޫކޮށްފައިވާ ލޯނުތަކާއި އޭގެ އިންޓްރެސްޓް އަނބުރާ ދެއްކުން 6 މަސްދުވަހަށް ފަސްކުރަން ނިންމައިފިން.
— SME Development Finance Corporation (@SDFC_mv) March 18, 2020
އަދި މި 6 މަސްދުވަހުގެ އިންޓްރެސްޓް ރޭޓް ވަނީ %4 އަށް ކުޑަކުރެވިފައި. pic.twitter.com/v8nSBVagNe