ރާއްޖޭގެ މިސްކިތްތައް ބަންދެއް ނުކުރޭ! މިސްކިތުގަ ވަކިވަކިން ނަމާދުކުރެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ރާއްޖޭގެ މިސްކިތްތައް ބަންދެއް ނުކުރޭ! މިސްކިތުގަ ވަކިވަކިން ނަމާދުކުރެވޭނެ!

މިއަދު މެންދުރުނަމާދުން ފެށިގެން މިމަހުގެ 28 ވަނަ ދުވަހުގެ ޢަޞްރު ނަމާދާއި ހަމައަށް ރާއްޖޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމާއި ހުކުރު ނަމާދު ކުރުން މެދުކަނޑާލާފައިވީނަމަވެސް މިސްކިތްތަކުގައި ނަމާދުކުރަން ބޭނުން މީހުންނަށް ޖަމާޢަތް ނުހަދައި ވަކިވަކިން ނަމާދުކުރެވޭނެއެވެ.

މިސްކިތްތައް (ކުރިންވެސް ރޭގަނޑު ބަންދުކުރާ މިސްކިތްތައް ފިޔަވައި) ތަޅެއް ނުލާނެއެވެ. ވުޟޫ ކުރެވޭނެއެވެ. ނަމަވެސް ފާޚާނާތައް ތަޅުލާނެއެވެ.

ރާއްޖޭގެ ދީނީ ޢިލްމުވެރިންވެސް އިލްތިމާސްކުރައްވަމުން ގެންދަވަނީ އިސްލާމިކް މިނިސްޓްރީން މިއަދު ކަނޑައެޅި ގޮތަށް އެންމެންވެސް ޢަމަލުކުރުމަށެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓްރީގެ ވެރިންގެ އިތުރުން ރާއްޖޭގެ އިސް ބައެއް ދީނީ ޢިލްމު

"ކޮވިޑް 19 އާއި ގުޅިގެން ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތަށްޓަކައި ޢިލްމުވެރިންގެ މަޝްވަރާމާތިން އިސްލާމިކް މިނިސްޓަރ އެޅުއްވި ފިޔަވަޅަކީ ޝަރުޢީ ހަމަތަކާއި އެއްގޮތަށް އަޅުއްވާފައިވާ ފިޔަވަޅެކެވެ. ވީމާ އެންމެހާ ރައްޔިތުން އެއިރުޝާދާ އެއްގޮތަށް ޢަމަލުކުރެއްވުން އެދެން." ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން

 

މިއަދު އޮންލައިން