މިސްކިތުގެ ޖަމާޢަތް މެދުކަނޑާލެވުނު ނަމަވެސް ނަމާދުކުރަން އިސްކަން ދިނުމަށް އިސްލާމިކް މިނިސްޓަރ އިލްތިމާސްކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
މިސްކިތުގެ ޖަމާޢަތް މެދުކަނޑާލެވުނު ނަމަވެސް ނަމާދުކުރަން އިސްކަން ދިނުމަށް އިސްލާމިކް މިނިސްޓަރ އިލްތިމާސްކުރައްވައިފި

މިއަދު މެންދުރުނަމާދުން ފެށިގެން މިމަހުގެ 28 ވަނަ ދުވަހުގެ ޢަޞްރު ނަމާދާއި ހަމައަށް ރާއްޖޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމާއި ހުކުރު ނަމާދު ކުރުން މެދުކަނޑާލާފައިވީނަމަވެސް ކޮންމެ ނަމާދެއްގެ ވަގުތުވުމުންވެސް ވީހައި އަވަހަކަށް ގޭގައި ނުވަތަ އެމީހަކު ހުރިތަނެއްގައި ނަމާދުކުރަން އިސްކަން ދިނުމަށް އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ އިލްތިމާސް ކުރައްވައިފިއެވެ.

މިނިސްޓަރ ވިދާޅުވީ މި ފިޔަވަޅަކީ ޝަރުޢް ކުރައްވާފައިވާ ފިޔަވަޅެއް ކަމަށާއި ފިޔަވަޅު އެޅުއްވީ ކޮރޯނާ ވައިރަސްގެ ހާލަތު ރާއްޖޭގައިވެސް އޮތްގޮތުން އެކަން އެގޮތަށް ކުރައްވަން މަޖުބޫރުވެވަޑައިގަތުމުން ކަމަށެވެ.

މިނިސްޓަރ ޑރ. އަހްމަދު ޒާހިރު ވިދާޅުވީ ރާއްޖޭގެ މިސްކިތްތަކުގައި ބަންގި ގޮވާނީ ޢާންމުކޮށް ބަންގިގޮވާ ގޮތަށް ކަމަށާއި ނަމަވެސް ބަންގިއަށްފަހު ގޭގައި ނުވަތަ އެމީހަކު ހުރިތަނެއްގައި ހުރެގެން ނަމާދުކުރަން ގޮވައިލެވޭނެ ކަމަށެވެ. "އަޅުގަނޑު މިއަދުވެސް އިލްތިމާސް މިކުރަނީ ފަރުޟު 5 ނަމާދަށް ރައްކައުތެރިވުމަށާއި ވީހައި ގިނައިން ހެޔޮ އަމަލުތައް ކުރުން ގިނަކޮށް ދުޢާކުރުން ގިނަކުރުމަށް. ރައްޔިތުން އެކަން ކޮށްދެއްވާ!"

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ މީގެ އިތުރުން ރާއްޖޭގައި މީހުން ދިރިއުޅޭ އެއްވެސް ރަށަކުން ކޮވިޑް-19 ފެނި، ލޮކްޑައުން ކުރަން ސަރުކާރުން ނިންމައިފިނަމަ، އެ ރަށެއްގައި މި އުސޫލު ކަނޑައެޅޭނެ ކަމަށެވެ. މާނައަކީ އެރަށޭއް ލޮކްޑައުން އިން ސަލާމަތްވަންދެން ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑައިލެވޭނެ ކަމެވެ.

މިގޮތަށް ހަމަޖެހުމުން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށަކާއި ރިސޯޓެއްގައި ޖަމާއަތުގައި ނަމާދު ކުރުން މިވަނީ މި މުއްދަތަށް މެދު ކަނޑައިލެވިފައެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މި ފިޔަވަޅަކީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި އޮތުމުން، ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)ގެ ލަފާގެ މަތިން އެޅުއްވި ފިޔަވަޅެކެވެ. އަދި މަގުސަދަކީ ރާއްޖޭގައި ކޮވިޑް-19 ފެތުރުމުގެ ފުރުސަތު ނުދެއްވުން ކަމަށެވެ.

މިފަދަ ފިޔަވަޅެއް އަޅަން މިޖެހުނީ އެއްވެސް ދިވެއްސަކު މިވަގުތާއި ހަމައަށް ޕޮޒިޓިވްވެފައި ނުވި ނަމަވެސް ގިނަ އަދަދެއްގެ ދިވެހިންވެސް މިވަގުތު ޓެސްޓްކުރަމުން ގެންދާތީ ރައްކައުތެރިކަމުގެ ފިޔަވަޅުކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން