މިއީ ގެއްލިފައިވާ އަޚްވަންތަކަން ދިރުވައި އާލާކުރަން ދެއްވެވި ރަނުގެ ފުރުޞަތެއް!: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
މިއީ ގެއްލިފައިވާ އަޚްވަންތަކަން ދިރުވައި އާލާކުރަން ދެއްވެވި ރަނުގެ ފުރުޞަތެއް!: ޢުމަރު ސުލައިމާން

ކޮރޯނާ ވައިރަސްގެ ސަބަބުން ކުރިމަތިވެފައި މިވާ ޙާލަތަކީ މުސްލިމުންގެ މެދުގައި ގެއްލިފައި އޮތް އަޚްވަންތަކަން ދިރުވައި އާލާކުރަން ދެއްވެވި ރަނުގެ ފުރުޞަތެއް ކަމަށާއި މިއީ މުސްލިމުން ގުޅިގެން ކުރިއަށް ދާން އައު ޢަޒުމަކާއިއެކު މަސައްކަތް ފަށަންވީ ވަގުތު ކަމަށް އިމާމް ޢުމަރު ސުލައިމާން ވިދާޅުވެއްޖެއެވެ. 

ޢުމަރު ސުލައިމާން ވިދާޅުވީ މިސްކިތްތައް ބަންދުކުރަން ޖެހުމުން މުޅި އުމުރު މިސްކިތުގައި ނަމާދުކުރަމުން އައި މީހުންނަށް ވަރަށް ފުން އަސަރުތަކެއް ކުރާނެ ކަމަށާއި ބައެއް މީހުންނަށް ގޭގައި ނަމާދުކުރަން ޖެހުމުން ކަންނެތްވެސް ވެދާނެ ކަމަށެވެ. "ނަބޭޙަތަކީ ގޭގައި ނަމާދުކުރަން ޖެހުނު ނަމަވެސް ނަމާދު ވަގުތުތަކަށް ކުރިން ދިން ސަމާލުކަން ދީގެން ބަރާބަރަށް ނަމާދުކުރަމުން ގެންދިއުމުން. ބަންގީގެ އަޑަށް ގޭގައި ނަމާދުކުރުން. އަދި އެންމެންވެސް ދުޢާކުރަންވީ އަވަހަށް މިމުޞީބާތުން ސަލާމަތްކުރެއްވެވުން އެދި." 

ޢުމަރު ސުލައިމާން ވިދާޅުވީ ކިތަންމެ ދަތީގައި އުޅެން ޖެހުނު ނަމަވެސް އަވަށްޓެރިންގެ ޙާލުވެސް ބަލަން ޖެހޭނެ ކަމަށެވެ. އެމީހުންނަށް ފޯރުކޮށްދެވެން އޮތް ކޮންމެ އެހީތެރިކަމެއް ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ. "އަހަރެމެން އެންމެންނަކީ މުސްލިމުން. މިއީ އަޚުން. އަހަރެމެންގެ ތެރޭގައި ދުރު އެކަކުވެސް ނުހުންނާނެ."

މިއަދު އޮންލައިން