ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓް ޓްރޭސިންގ ހެދި ނަމަވެސް ކޮންމެ މީޯހަކަށް 5 މީހުންނާއި 10 މީހުންނާއި ދެމެދުގެ އަދަދަކަށް ނުހޯދި ތިބޭނެ ކަމަށް ސައިންސްވެރިން ލަފާކޮށްފިއެވެ. މިކަން ވަނީ އެމެރިކާގެ ރަސްމީ ފަރާތްތަކުން ވެސް ހާމަކޮށްފައެވެ.

މި މައުލޫމާތާއި ގުޅިގެން ބައެއް ބޭފުޅުން ވިދާޅުވެފައިވަނީ ކޮންޓެކްޓް ޓްރޭސިންގ ހެދުމަކީ ވަރަށް ފަރުވާތެރިކަމާއިއެކު ކުރަން ޖެހޭ ވަރަށް ބުރަ މަސައްކަތެއް ކަމަށެވެ. އަދި އެއީ ވަރަށް ބުރަ، އުނދަގޫވެސް މަސައްކަތެއް ކަމަށެވެ.
ޕޮޒިޓިވްވާ މީހުންނާއި ބައްދަލުވި އެންމެން ހޯދުން ޚާއްޞަކޮށް ބޮޑެތި ޤައުމުތަކުގައި ވާނީ ވަރަށް ބުރަ އަނދި އުނދަގޫ ކަމަކަށެވެ. ރާއްޖެ ފަދަ ކުޑަ ޤައުމެއްގައިވެސް އެއީ ވަރަށް އުނދަގޫ މަސައްކަތެއްކަން ވަނީ ފާހަގަކުރެވިފައެވެ. ވީމާ ސީދާ ޢަދަދު ބުނަން ނުއެނގުނު ނަމަވެސް ނުހޯދޭ ބައަކު ތިބެދާނެ ކަމަށް ބަލައި އެކަމުގައި އެންމެންވެސް ސަމާލުކަން ދިނުން މުހިންމުކަން ފާހަގަކުރެވެއެވެ.
ކޮރޯނާ ވައިރަސް ކޮންޓްރޯލްކުރެވޭތޯ ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް އެންމެންވެސް އެއްބާރުލުން ދީ ތެދު މައުލޫމާތު ދިނުމުގެ މުހިންމުކަން ފާހަގަލުރެވެއެވެ.