އައްޑޫ ސިޓީގެ ސައުތް ޕާމް ރިސޯޓުން މީދޫއަށް ފަތާފައިދިޔަ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށް މީހުން އެރުން މަނާކޮށްފައިވަނިކޮށް އިއްޔެ މެންދުރު 13:55 ހާއިރު ސައުތް ޕާމްގެ މުވައްޒަފަކު ފަތާފައި މީދޫ އަށް އެރުމާ ގުޅިގެން އޭނާ އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެމީހާ ހައްޔަރުކޮށްފައިވަނީ ހެލްތު ސެންޓަރަށް ގެންގޮސް ޑޮކްޓަރަށް ދައްކައި ނުރައްކަލެއް ނެތްކަން ކަށަަވަރުކުރުމަށްފަހު ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
އެމީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު މީދޫ ކޯޓަށް ގެންދިޔުމުން އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުނެއެވެ.