ކޮރޯނާ ވައިރަސް އާއި ގުޅިގެން މި މަހުގެ 19 ވާ ބުރާސްފަތި ދުވަހުން ފެށިގެން، 26 ވާ ބުރާސްފަތި ދުވަހަށް ބަންދުކުރަން ކެބިނެޓުން މިއަދު ނިންމާފައިވަނީ އެ ދުވަސްތަކުގައި ކޮފީ މޭޒުތަކުގައި ތިބެން ނޫން ކަމަށާއި ސަރުކާރު ބަންދުކުރީ އެ މުއްދަތުގައި ގޭގައި ތިބެން ކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ.
ރާއްޖެ ލޮކްޑައުންއަކަށް އަދި ނުގެންދިއަ ނަމަވެސް ކޮންމެހެން ބޭރަށް ދާން ޖެހިގެން ނޫނީ ގެއިން ބޭރަށް ގޮސް ނުއުޅުމަށް ޑޮކްޓަރުން ގެންދަނީ އިލްތިމާސްކުރަމުންނެވެ. ބައެއް ޑޮކްޓަރުން ވަނީ ލޮކްޑައުނަކަށް ގެންދިއުމަށްވެސް އިލްތިމާސްކޮށްފައެވެ.
ދުޢާއަކީ ލޮކްޑައުންއަކަށް ދާން ނުޖެހޭނެ ފަދަ ގޮތަކަށް މާތް ﷲ ކަންކަން މެދުވެރިކޮށްދެއްވެވުމެވެ. އާމީން