ފިނޭންސް އާއި އިކޮނޮމިކް މިނިސްޓްރީގެ ބައެއް ހިދުމަތްތައް އޮންލައިން ކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 52ސ
ފިނޭންސް އާއި އިކޮނޮމިކް މިނިސްޓްރީގެ ބައެއް ހިދުމަތްތައް އޮންލައިން ކޮށްފި

ކޮވިޑް19 ފެނިފައިވުމާއި ގުޅިގެން ފިނޭންސް މިނިސްޓްރީ އަދި އިކޮނޮމިކް މިނިސްޓްރީން ދެމުން ގެންދާ ހިދުމަތްތައް އޮންލައިން ކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން އޮންލައިން ކުރި ހިދުމަތްތަކުގެ ތެރޭގައި މިނެކިރާ ތަކެތީގައި ކައްޓާ ޖެހުމާއި ސިޓީފަދަ ތަކެތި ބަލައިގަތުން ފިޔަވައި އެހެން ހުރިހާ ހިދުމަތެއް އޮންލައިން ނުވަތަ އީމެއިލް މެދުވެރިކޮށް ކުރާ ގޮތަށް ވަނީ ބަދަލުކޮށްފައެވެ. މީގެ އިތުރުން އެ މިނިސްޓްރީގެ ލޭބާ ސެކްޝަނުން ފޯރުކޮށްދޭ ހުރިހާ ހިދުމަތްތެއް ވެސް އޮންލައިންކޮށް ދޭ ގޮތަށް ވަނީ ބަދަލުކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން އެދިފައިވަނީ މިއަދުން ފެށިގެން އެ މިނިސްޓްރީއަށް ފޮނުވާ ސިޓީ ފަދަ ތަކެތި އޮންލައިންކޮށް ބަލައިގަތުމަށް ނިންމާފައެވެ.

ރާއްޖެއިން މިހާތަނަށް 13 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާއިރު، ރާއްޖޭގައި ވަނީ 30 ދުވަހަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާނުކޮށްފައެވެ. އަދި އެއް ހަފްތާއަށް ސަރުކާރު ބަންދުކުރަން ވެސް ވަނީ ނިންމައިފައެވެ.

 

މިއަދު އޮންލައިން