ސައުތު ކޮރެއާ އިން ރާއްޖެ އައި ދިވެއްސަކު ވިލިމާލެއިން ފަރުކޮޅުފުށްޓަށް ގެންގޮސްފި އެވެ.
ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވީ އޭނާ އާއި ގުޅުންހުރި ބައެއް މީހުންނަށް ގޭގައި މަދުކުރަން އެންގިފައިވާނެ ކަމަށެވެ.
އޭނާ ވިލިމާލެ ހޮސްޕިޓަލަށް ދިއުމުން ހޮސްޕިޓަލް ބަންދުކޮށް ޑިސްއިންފެކްޓްކުރިކަމުގެ މައުލޫމާތުވެސް ވަނީ ލިބިފައެވެ.