ސަފާރީއެއްގަ ތިބި 2 ބިދޭސީން ކޮރޯނާ ވައިރަސްއަށް ޓެސްޓްކުރަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
ސަފާރީއެއްގަ ތިބި 2 ބިދޭސީން ކޮރޯނާ ވައިރަސްއަށް ޓެސްޓްކުރަނީ!

އިތުރު ސަފާރީއެއްގައި ތިބި ދެ ބިދޭސީއަކު ކޮރޯނާ ވައިރަސްއަށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނެފައިވަނީ "މައި ސްކައި" ނަމަކަށް ކިޔާ ސަފާރީ އުޅަނދަކުން ދެ ބިދޭސީއެއްގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ޓެސްޓުގެ ނަތީޖާ ލިބެންދެން އެ ސަފާރީ އުޅަނދު މޮނީޓަރިންގެ ހާލަތަށް ގެނެވިފައިވާ ކަމަށެވެ.

މީގެ ކުރިންވެސް ވަނީ ސަފާރީއެއްގައި 2 ބިދޭސީން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ. އެ 2 މީހުންނަށް މިހާރު ގެންދަނީ ފަރުކޮޅުފުށީގައި ފަރުވާދެމުންނެވެ.

މިއަދު އޮންލައިން