"ކަލޭގެފާނު ވިދާޅުވާށެވެ! ﷲ އަޅަމެންނަށް ލިޔުއްވާފައިވާކަމެއް މެނުވީ، އަޅަމެންނަކަށް ނުޖެހޭނެތެވެ. އެކަލާނގެއީ، އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، މުއުމިނުން ހަމައެކަނި، ﷲ އަށް ވަކީލް ކުރާހުށިކަމެވެ!" (ތައުބާ: 51)
(އަލިފާން) އިބްރާހީމްގެފާނުގެ ގައިކޮޅަކު ނުހިފައެވެ.
(ވަޅިން) އިސްމާޢީލްގެފާނު ކަތިނުލެވުނެވެ.
(ބޮޑު މަހަށް) ޔޫނުސްގެފާނު ކައިނުލެވުނެވެ.
(ކޮރޯނާ ވައިރަސް) އަށް އިން ޝާ ﷲ ރާއްޖެއަކު ޖާގައެއް ނެތް!
--ޝައިޚް އިލްޔާސް ޖަމާލް
ދުނިޔޭގެ އެންމެ ވަރުގަދަ އަދި އެންމެ ބޮޑު އަދި އެންމެ މުއްސަނދި ޤަުމުކަމަށް ބުނެވޭ އެމެރިކާގައި ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު 5000 އާއި ގާތްކުރާއިރު މަރުވި މީހުންގެ އަދަދު 85 އަށް އަރައިފިއެވެ. ދުނިޔޭގައި ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު 182،723 އަށް އަރައިފިއެވެ. ބަލީގައި މަރުވި މީހުންގެ އަދދު 7،174 އަށް އަރައިފިއެވެ. ސަލާމަތްވި ނުވަތަ ގަދަވި މީހުންގެ އަދަދަކީ 79،883 އެވެ.
މި ހިސާބުތަކަށް ބަލައި މަރުވި މީހުންނާއި ގަދަވި މީހުންގެ ނިޞްބަތް އަޅުވައި ބަލައިފިނަމަ ސީރިއަސްކަން ހުރި މިންވަރު ފެނިގެންދެއެވެ. އެއީ ގަދަވި މީހުންގެ 10 އިންސްއްތައަށް މަރުވި މީހުންގެ އަދަދު އަރާތީއެވެ.
ކޮރޯނާ ބިރު ފޮޓޯ 