ކޮރޯނާ ވައިރަސް އާ ގުޅިގެންވެސް އިޖުތިމާޢީ ޒިންމާ އުފުލައި އެހެން މީހުންގެ ރައްކާތެރިކަމަށް ބަލަން މުފްތީ މެންކް އިލްތިމާސް ކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ކޮރޯނާ ވައިރަސް އާ ގުޅިގެންވެސް އިޖުތިމާޢީ ޒިންމާ އުފުލައި އެހެން މީހުންގެ ރައްކާތެރިކަމަށް ބަލަން މުފްތީ މެންކް އިލްތިމާސް ކުރައްވައިފި

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް އާއި ގުޅިގެން އެންމެންވެސް ފއިޖުތިމާޢީ ޒިންމާ އުފުލައި  އެހެން މީހުންގެ ޞިއްޙީ ރައްކައުތެރިކަމަށް ވެސް ބަލަން މުފްތީ މެންކް އިލްތިމާސް ކުރައްވައިފި އެވެ. 

މުފްތީ މެންކް ވިދާޅުވީ ތިމާގެ އަމިއްލަ ޞިއްހަތަށް ސަމާލުކަން ދޭ ފަދައިން އެހެން މީހުންގެ ޞިއްހަތަށްވެސް ސަމާލުކަން ދޭން ޖެހޭނެ ކަމަށެވެ. އަދި ޞިއްޙީ ގޮތުން ފައިދާހުރި ކަންކަން ތިމާކުރާ ފަދައިން އެހެން މީހުންނަށްވެސް ކަންކަން ކުރަން އިރުޝާދުދީ ހޭލުންތެރިކުރުވަން ަމސައްކަތްކުރަން ޖެހޭނެ ކަމަށެވެ. 

ބަލިން ސަލާމަތްވެ ހުރުމަށް ތިމާ މަސައްކަތްކުރާ ފަދައިން ބަލިން އެހެން މީހުން ސަލާމަތްކުރަން މަސައްކަތްކުރަން ޖެހޭނެ ކަމަށްވެސް މުފްތީ މެންކް ވަނީ ވިދާޅުވިފައެވެ. 

މުފްތީ މެންކުގެ މި ބަސްފުޅުތަކުން އެނގިގެންދަނީ ތިމާގެ ކިބައިން އެހެން މީހަކަށް ބަލި އަރައިފާނެ އެއްވެސް ކަމެއް އެއްވެސް މީހަކު ކޮށްގެން ނުވާނެ ކަމެވެ. އަދި ކޮންމެ މީހަކުވެސް މަސައްކަތްކުރަންވީ ހަމަ ތިމާ ފަދައިން އެހެން މީހުން ވެސް ބަލިން ސަލާމަތްކުރަން މަސައްކަތްކުރަން ކަމެވެ.

 

މިއަދު އޮންލައިން