ކޮރޯނާވައިރަސް ނުވަތަ ކޮވިޑް19 އާއި ގުޅިގެން މާލޭގެ ބައެއް ގެތަކުގެ ކުލި ކުޑަކުރަންފަށައިފިއެވެ.
ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު މުހައްމަދު ސައީދުވަނީ އޭނާ ކުއްޔަށް ދޫކޮށްފައި ހުންނަ ދެ އެޕާޓްމަންޓުގެ ކުލި 14،000 ރުފިޔާއިން 10،500 ރުފިޔާއަށް ކުޑަކޮށްފައެވެ.
މިކަމާގުޅިގެން ސައީދު ވިދާޅުވީ، ކުލި ކުޑަކުރަން ނިންމީ ކޮރޯނާވައިރަހާ ގުޅިގެން ބައެއް މީހުންގެ މުސާއަރަށް އަސަރުކުރާނެކަން އެނގޭތީއާއި ކުރިއަށް އޮތް ރޯދަމަހުގައިވެސް އިތުރަށް ދަތިވެދާނެތީ ކަމަށެވެ.
މީގެއިތުރުން ލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓާ (އެމްއެމްއޭސީ)ގެ ޗެއާމަން އަދި މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ އަބްދުލްކަރީމް (ރުކުމާ އަލީ) ވެސް ވަނީ އޭނާ ކުއްޔަށް ދޫކޮށްފައި ހުރި ތަންތަނުގެ ކުލި ކުޑަކޮށްފައެވެ.
މައުލޫމާތު: ސަން