ކަރަންޓީން ކުރި އިޓަލީގެ ކުޑަކުއްޖާގެ އާއިލާއަށް ހިލޭ ޗުއްޓީ ދަތުރެއް ދިނުމަށް ނިންމައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 44ސ
ކަރަންޓީން ކުރި އިޓަލީގެ ކުޑަކުއްޖާގެ އާއިލާއަށް ހިލޭ ޗުއްޓީ ދަތުރެއް ދިނުމަށް ނިންމައިފި

ކޮރޯނާވައިރަސް ނުވަތަ ކޯވިޑް-19އަށް ޝައްކު ކުރެވިގެން ކ ވިލިވަރުގައި ކަރަންޓީން އިޓަލީގެ ކުޑަކުއްޖާގެ އާއިލާއަށް ހިލޭ ޗުއްޓީ ދަތުރެއް ދިނުމަށް ޓުއަރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

ކުޑަކުއްޖާގެ އާއިލާއިން އަންނައަހަރު ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނައިރު، ރާއްޖެއިން އެއާއިލާ ބޭނުންވާ ރިޒޯޓެއްގައި ޗުއްޓީ ހޭދަ ކުރެވޭނެކަމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުވަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެއާއިލާ އާއި ބައްދަލު ކުރައްވާފައެވެ. އަދި ޓުއަރިޒަމް މިނިސްޓްރީގެ ފަރާތުން ހިލޭ ޗުއްޓީ ދަތުރު ދިނުމުގެ އިތުރުން، ހަނދާނީ ހަދިޔާއެއްގެ ގޮތުގައި ކުޑަ ދޯންޏެއް ވަނީ ދީފައެވެ.

އިޓަލީގެ މި ކުޑަކުއްޖާ 14 ދުވަހުގެ ކަރަންޓީން މުއްދަތު ހަމަވުމުން ދޫކޮށްލުމުން ހޯމަދުވަހު އާއިލާ އާއި އެކު ޤައުމަށް ވަނީ ފުރާފައެވެ.

މިއަދު އޮންލައިން