ދެ ބިދޭސީއެއްގެ ފަރާތުން ކޮވިޑް-19ގެ އަލާމާތްތައް ފެނިފައިވާތީ އއ.މަތިވެރިއަށް މީހުން އަރާފޭބުން މަނާކޮށް ލޮކްޑައުންކޮށްފިއެވެ.
ކޮވިޑް-19ގެ އަލާމާތްތައް ފެނިފައިވާ ދެ މީހުންގެ ޓެސްޓްތައް ހެދުމުގެ އިތުރުން އެ ދެ މީހުންނާ ކޮންޓެކްޓްވި މީހުން ހޯދުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުންނެވެ.
މިއީ މީހުން ދިރިއުޅޭ ރަށެއް ލޮކްޑައުންކުރި ދެވަނަ ފަހަރެވެ. މީގެކުރިން ވ. ތިނަދޫ ލޮކްޑައުންކުރިއެވެ.
ރާއްޖެއިން މިހާތަނަށް 13 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާއިރު، ރާއްޖޭގައި ވަނީ 30 ދުވަހަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާނުކޮށްފައެވެ.