ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ގްރޭޓާ މާލޭ ސަރަހައްދުގައި ހުރި ޖިމްތަކާއި ފިޓްނަސް ސެންޓަރުތައް ވެސް ވަގުތީ ގޮތުން ބަންދުކުރަން ނިންމައިފިއެވެ.
މާލޭގެ ޖިމްތަކާއި ފިޓްނަސް ސެންޓަރުތަކުގެ ވެރިންް ގުޅިގެން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ މިމަހުގެ 28 ވަނަ ދުވަހާ ހަމައަށް ޖިމްތަކާއި ފިޓްނަސް ސެންޓަރުތަަރުތަށް ބަންދުކުރަން ނިންމައިފައެވެ.
ފިޓްނަސް ސެންޓަރުތައް ގުޅިގެން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ މިގޮތަށް ނިންމީ ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އާއްމުން އެއްވެ އުޅޭ ހަރަކާތްތައް ނުބޭއްވުމަށް އަންގާފައިވާތީކަމަށެވެ.
މިނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ މާލެއެކޭ އެއްގޮތަށް މުޅި ރާއްޖޭގައިވެސް އެފަދަ ހިދުމަތްތައް ދޭ ފަރާތްތަކުންވެސް އެގޮތަށް އަމަލުކުރާނެކަމަށް އުއްމީދުކުރާ ކަމަށެވެ.