ސްލޮވޭނިއާ އިން އައި ދިވެއްސަކު ކޮވިޑް-19ގެ އަލާމާތްތައް ހުރި ކަމަށް ޝައްކުކުރެވޭތީ ޓެސްޓް ކުރުމަށް ފަރުކޮޅުފުއްޓަށް ގެންގޮސްފިއެވެ.
މިމީހާ ފްލޫ ކްލިނިކަށް ދިޔައިރު ކޮވިޑް-19ގެ އަލާމާތްތައް ހުރުމުން އޭނާއާ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވެސް ފަށާފައިވާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ރާއްޖެއިން މިހާތަނަށް 13 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާއިރު، ރާއްޖޭގައި ވަނީ 30 ދުވަހަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާނުކޮށްފައެވެ.