ކޮރޯނާ ވައިރަސް ފެތުރުމަކީ ކުޑަކަމެއް ކަމަށް ދެކެގެން ނުވާނެ! ހުއްޓުވަން ކުރަންޖެހޭ ކަންކަން ކޮންމެ މީހަކުވެސް ކުރަން ޖެހޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ކޮރޯނާ ވައިރަސް ފެތުރުމަކީ ކުޑަކަމެއް ކަމަށް ދެކެގެން ނުވާނެ! ހުއްޓުވަން ކުރަންޖެހޭ ކަންކަން ކޮންމެ މީހަކުވެސް ކުރަން ޖެހޭނެ!: މުފްތީ މެންކް

ކޮރޯނާ ވައިރަސް ފެތުރުމަކީ ކުޑަކަމެއް ކަމަށް ދެކެގެން ނުވާނެ ކަމަށާއި އެކަން ހުއްޓުވަން ކުރަންޖެހޭ ކަންކަން ކޮންމެ މީހަކުވެސް ކުރަން ޖެހޭނެ މުފްތީ މެންކް މުފްތީ މެންކް ވިދާޅުވެއްޖެއެވެ. 

މުފްތީ ވިދާޅުވީ ކޮރޯނާ ވައިރަސްގެ ނުރއްކާ ބޮޑުވެ މިހާރު މިވަނީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކަލެއްގެ ގޮތުގައި އިއުލާނުކޮށްފައި ކަމަށެވެ. ވީމާ ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވަން ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަކީ ކޮންމެ މީހެއްގެ މައްޗަށް އޮތް ވާޖިބެއް ކަމަށެވެ. އެކަމަކީ ކޮންމެ މީހެއްގެ މަސްއޫލިއްޔަތަކަށްވެސް ވާން ޖެހޭނެ ކަމަށެވެ. 

މީގެ އިތުރުން ބަލި ފެތުރިދާނެ އެންމެހައި ކަންކަމުން ދުރުހެލިވެ ކޮންމެ މީހަކީވެސް އެހެން މީހުން ބަލިން ސަލާމަތްކުރަން މަސައްކަތްކުރާ މީހަކަށް ވުމަށްވެސް މުފްތީ މެންކް ވަނީ އިލްތިމާސް ކުރައްވައިފައެވެ. 

ކޮރޯނާ ވައިރަސް އަށް އިޝާރާތް ކުރައްވައި މުފްތީ މެންކް ވިދާޅުވީ އިންސާނުންގެ އަތުގައި އެއްވެސް ކަމެއްގެ ކޮންޓްރޯލް ނުއޮންނަ ކަމަށާއި ހުރިހާ ކަމެއްގެ ވެސް ކޮންޓްރޯލް ވަނީ ﷲ ތައާލާގެ ޙަޟްރަތުގައި ކަމަށެވެ. ﷲ ތައާލާ މިންވަރުކުރެއްވެވި ވަރަކަށް ތަކްލީފްތައް އުފުލުން ނޫން ގޮތެއް ނޯންނާނެ ކަމަށެވެ.

މިއަދު އޮންލައިން