ސްޕެއިނުން އައި ދިވެހި މީހާއާއި ހުޅުމާލެއިން ޓެސްޓު ކުރަން ގެންދިޔަ ދިވެހި މީހާ ކޮރޯނާއަށް ނެގަޓިވް!

ކިޔުމަށް ހޭދަވާނީ 1މ 14ސ
ސްޕެއިނުން އައި ދިވެހި މީހާއާއި ހުޅުމާލެއިން ޓެސްޓު ކުރަން ގެންދިޔަ ދިވެހި މީހާ ކޮރޯނާއަށް ނެގަޓިވް!

ސްޕެއިނުން އިއްޔެ ރާއްޖެއައި ދިވެހި މީހާއާއި ހުޅުމާލެއިން ފަރުކޮޅު ފުށްޓަށް ގެންދިޔަ ދިވެހި މީހާވެސް ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19 އަށް ނެގަތީވް ކަމަށް އެމީހުންގެ ޓެސްޓުތަކުގެ ނަތީޖާއިން ދައްކައިފި ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

ސްޕެއިން އަށް ދަތުރުކުރުމަށްފަހު އިއްޔެ ގަތަރު އެއާވޭސް ފްލައިޓުން ރާއްޖެ އައި އެދިވެހި މީހާ، ޓެސްޓު ކުރުމަށްޓަކައި ފަރުކޮޅުފުއްޓަށް ގެންގޮސްފައިވަނީ ބޯޓުން ބޭލުމާއެކު އެވެ.

ކޮވިޑް-19އާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ރޭ ވިދާޅުވެފައިވަނީ އެ ދިވެހި މީހާއާ ކޮންޓެކްޓްވި މީހުން ހޯދުމަށްފަހު 12 މީހަކު އެކަހެރިކޮށް ތިބުމަށް އަންގާފައިވާ ކަމަށެވެ. އަދި ބޯޓުގައި ދެން ތިބި އެހެން މީހުން ދޫކޮށްލާފައިވާ ކަމަށެވެ. ސްޕެއިންއިން އައި މީހާ ކޮވިޑް-19އަށް ނެގެޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުނީ މިއަދުއެވެ.

ސްޕެއިނުން އައި މީހާ ކޮވިޑް-19އަށް ނެގެޓިވްވެފައިވާއިރު، އަނަންތަރާ ދިގު ރިސޯޓްގައި ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންނާ ޑައިރެކްޓް ކޮންޓެކްޓްވި ދިވެހި މީހާވެސް އެ ވައިރަހަށް ވަނީ ނެގެޓިވްވެފަ އެވެ.

ހުޅުމާލެއިން ގެންދިޔަ އެމީހާ ކޯވިޑް-19 އަށް ނެގަޓިވްކަން އެނގުނީ މިއަދުއެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ.

މިއަދު އޮންލައިން