ޑްރައިވިންގ ލައިސަންސްގެ ޚިދުމަތް ސާދަ ދުވަހަށް މެދުކަޑާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 33ސ
ޑްރައިވިންގ ލައިސަންސްގެ ޚިދުމަތް ސާދަ ދުވަހަށް މެދުކަޑާލައިފި

‏ޑްރައިވިންގ ލައިސަންސްގެ ޚިދުމަތް 14 ދުވަހަށް މެދުކަޑާލައިފިއެވެ.

މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ބުނެފައިވަނީ މިހާރު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެއްގަމުގައި ދުއްވާ އުޅަނދުތަކުގެ ޑްރައިވިންގ ލައިސަންސަށް އަލަށް އެދޭ ފަރާތްތަކަށް މާދަމާއިން ފެށިގެން ކުރިއަށް އޮތް 14 ދުވަހަށް ޚިދުމަތް ދިނުން ވަގުތީ ގޮތުން ހުއްޓާލަށް ނިންމައިފައިވާކަމަށެވެ.

ރާއްޖެއިން މިހާތަނަށް 13 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާއިރު، ރާއްޖޭގައި ވަނީ 30 ދުވަހަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާނުކޮށްފައެވެ.

 

މިއަދު އޮންލައިން