ރާއްޖޭގަ ކޮރޮނާ ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ތެރޭގަ ގިނައީ އިޓަލީ ފަތުރުވެރިން!

ކިޔުމަށް ހޭދަވާނީ 1މ 19ސ
ރާއްޖޭގަ ކޮރޮނާ ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ތެރޭގަ ގިނައީ އިޓަލީ ފަތުރުވެރިން!

ރާއްޖެއިން ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ އިޓަލީގެ ފަތުރުވެރިންކަން ހާމަވެއްޖެއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު ވަނީ، ރާއްޖެއިން މިބައްޔަށް މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޤައުމުތައް ހާމަކޮށްފައެވެ.

ކޯވިޑް-19 އަށް ރާއްޖެއިން މިހާތަނަށް 13 މީހުން ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 6 ފިރިހެނުންނާއި 7 އަންހެނުން ކަމަށް ވެސް އެސެންޓަރުން މިއަދު ހާމަކޮށްފައިވެއެވެ.

 

ކޯވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުން ނިސްބަތްވާ ޤައުމުތައް:

 

·        އިޓަލީވިލާތުން 9 މީހުން

·        ޖަރުމަނުވިލާތުން 1

·        އިނގިރޭސިވިލާތުން 1

·        ސައުތުކޮރެއާއިން 1

·        ތުރުކީ 1

 

ކޯވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުން ފެނިފައިވާ ތަންތަން:

 

·        ކުރެއްދޫ އައިލެންޑް ރިސޯޓުން 5 މީހުން

·        ސޭންޑީޒް ބަތަލާ ރިސޯޓުން 2 މީހުން

·        ކުރަމަތި މޯލްޑިވްސްއިން 2 މީހުން

·        އަނަންތާރަ ދިގު މޯލްޑިވްސްއިން 2 މީހުން

·        އައިލެންޑް ސަފާރީން 2 މީހުން

މިއަދު އޮންލައިން