ރާއްޖޭގެ ހުރިހާ ސިނަމާތަކެއް ވެސް ދެހަފްތާއަށް ބަންދުކޮށްފި!

ކިޔުމަށް ހޭދަވާނީ 53ސ
ރާއްޖޭގެ ހުރިހާ ސިނަމާތަކެއް ވެސް ދެހަފްތާއަށް ބަންދުކޮށްފި!

ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް19، ރާއްޖޭގައި އިތުރަށް ފެތުރިގެން ދިއުން ކޮންޓްރޯލްކުރުމަށް އަޅާ އިތުރު ފިޔަވަޅެއްގެ ގޮތުގައި ރާއްޖޭގައި ހިންގާ ހުރިހާ ސިނަމާތައް ވެސް ދެ ހަފްތާގެ މުއްދަތަކަށް ހުއްޓާލުމަށް ނިންމައިފިއެވެ.

ރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތައް ލިބިދޭ ބާރުގެ ދަށުން، މިއަދުން ފެށިގެން ދެ ހަފުތާގެ މުއްދަތަކަށް ރާއްޖޭގައި ހިންގާ ހުރިހައި ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހުއްޓާލުމަށްވަނީ އަންގަވާފައެވެ.

މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށްވެސް ޑިރެކްޓަރ ޖެނެރަލް ވަނީ އެންމެހައި ފަރާތްތަކަށް އަންގަވާފައެވެ.

ރާއްޖޭގައި ކޯވިޑް19 ފެނުމާގުޅިގެން އާންމުން އެއްވެ އުޅުން ސަރުކާރުން ވަނީ މަނާކޮށްފައެވެ. މިގޮތުން އާންމުން އެއްވެއުޅޭ ޕާކުތަކާއި މައިޒާންތައް މިހާރުވެސް ވަނީ ބަންދުކޮށްފައެވެ.

މިއަދު އޮންލައިން