ސްކޫލްތައް ހުޅުވުން އަނެއްކާވެސް ހަފްތާއަކަށް ފަސްކޮށް ޓިއުޝަން އަދި ޤުރްއާން ކްލާސްތައްވެސް މެދުކަނޑާލަން އަންގައިފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ސްކޫލްތައް ހުޅުވުން އަނެއްކާވެސް ހަފްތާއަކަށް ފަސްކޮށް ޓިއުޝަން އަދި ޤުރްއާން ކްލާސްތައްވެސް މެދުކަނޑާލަން އަންގައިފި!

ކޮރޯނާވައިރަސް ނުވަރަ ކޮވިޑް-19 އާއި ގުޅިގެން ސްކޫލްތައް ހުޅުވުން އަނެއްކާވެސް ހަފްތާއަކަށް ފަސްކޮށް ޓިއުޝަން އަދި ޤުރްއާން ކްލާސްތައްވެސް މެދުކަނޑާލަން ނިންމައިފިއެވެ.

ކޮވިޑް 19 އާ ގުޅިގެން އިތުރު ހަފުތާއަކަށް ސްކޫލުތައް ބަންދުކުރި އިރު، މި ހަފުތާ އަކީ ވެސް ހަމަ ބައްޔާ ގުޅިގެން ސްކޫލުތައް ބަންދުކޮށްފައިވާ ހަފުތާއެކެވެ. އެހެންވެ، އަންނަ ހަފުތާގައި ވެސް ސްކޫލުތަކުގައި ކިޔެވުމެއް ނޯންނާނެ ކަން ހާމަކޮށްފައިވަނީ ކޮރޯނާވައިރަސް ނުވަރަ ކޮވިޑް-19 ތަރުޖަމާނު ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަޒީޒު އެވެ.

މީގެއިތުރުން އެޑިއުކޭޝަން މިނިސްޓްރީން، ވަނީ ރާއްޖޭގެ ހުރިހާ ސްކޫލުތަކަށާއި، ޓިއުޝަން ކްލާސްތަކާއި ގުރްއާން ކްލާސްތަކާއި ހުރިހާ ކައުންސިލްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ ޓިއުޝަން ކްލާސްތަކާއި ވަކި މާއްދާ ކިޔަވައިދޭ ކްލާސްތައް ފަދަ އެއްވެސް ކަލާހަކަށް ދަރިވަރުން ނުފޮނުވަން ބެލެނިވެރިންނަށް އިލްތިމާސް ކޮށްފައެވެ. އަދި ސްކޫލް ބަންދުކޮށްފައިވާ މުއްދަތުގައި މުދައްރިސުން ވެސް ފޭސް-ޓު-ފޭސްކޮށް އެފަދަ ކިލާސްތައް ނުނެގުމަށް ވެސް އެޑިއުކޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް 13 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާއިރު، ރާއްޖޭގައި ވަނީ 30 ދުވަހަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާނުކޮށްފައެވެ.

މިއަދު އޮންލައިން