ބެލެނިވެރިންނަށް ޚާއްސަކޮށްގެން ސައިބަރ ސޭފްޓީ އަތްމަތީ ފޮތް ނެރެފިއެވެ.
މި އަތްމަތީ ފޮތަކީ އިންޓަނެޓާއި މީސްމީޑިއާގެ ވަސީލަތްތައް ރައްކާތެރި ގޮތުގައި ބޭނުންކުރުމަށް ދަރިވަރުން ހޭލުންތެރިކޮށްދޭނެ ގޮތްތައް ބެލެނިވެރިންނަށް އޮޅުންފިލުވައިދިނުމުގެ މަޤްސަދުގައި، ފުލުހުން ގެ އެހީތެރިކަމާއެކު އެޑިޔުކޭޝަނުން އެކުލަވާލާފައިވާ ފޮތެކެވެ.
އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިފޮތް ނެރެދެއްވީ މިނިސްޓަރު ޑރ.އައިޝަތު އަލީ އަދި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.
މިބައްދަލުވުމުގައި މިނިސްޓަރު އައިޝަތު ވިދާޅުވީ މިއަތްމަތީ ފޮތަކީ އިންޓަރނެޓާއި މީސްމީޑިއާގެ ތަފާތު ވަސީލަތްތަކުން ކުރިމަތިވެދާނެ ނުރައްކާތަކަށް ބެލެނިވެރިން އަހުލުވެރިކުރުވުމަށާއި، ރައްކާތެރި ގޮތުގައި އިންޓަރނެޓް ބޭނުންކުރުމަށް ދަރިވަރުން ހޭލުންތެރިކޮށްދޭނެ ގޮތްތައް ބެލެނިވެރިންނަށް އޮޅުންފިލުވައިދިނުމުގެ މަގުސަދުގައި މިނިސްޓްރީން އެކުލަވާލި ފޮތެއް ކަމަށާއި ކޮވިޑް-19 އާއި ގުޅިގެން ސްކޫލުތަށް ބަންދު ކުރުމުން ދަރިވަރުންގެ އުނގެނުމުގެ ކަންތައްތައް ރާވާފައިމިވަނީ އިންޓަނެޓް މެދުވެރިކޮށް އުނގެނޭގޮތަށް ކަމަށްވާތީ، އިންޓަނެޓް ބޭނުންކުރުމުގައި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ވަރަށް ބޮޑު ޒިންމާއެއްކަމަށެވެ.
"ސައިބަރ ސޭފްޓީ-ބެލެނިވެރިންގެ އަތްމަތީ ފޮތް" ލޯންޗްކުރުން. މި އަތްމަތީ ފޮތް ލޯންޗްކޮށްދެއްވާފައިވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި އެކަމަށް ޙާއްސަކޮށް ބޭއްވި ރަަސްމިއްޔާތެއްގައި މިނިސްޓަރ @aisthly އަދި ކޮމިޝަނަރ އޮފް ޕޮލިސް @M_Hameedh. pic.twitter.com/VAAzovQElY
— Ministry of Education (@MoEdumv) March 16, 2020