ސަފާރީތަކުގެ ފަޅުވެރިންނަށް ނުރައްކާ ބޮޑު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ސަފާރީތަކުގެ ފަޅުވެރިންނަށް ނުރައްކާ ބޮޑު!

ސަފާރީ މިކިޔަނީ ކުޑަކުޑަ އުޅަނދަކަށެވެ. ފަޅުވެރިންނާއި ފަތުރުވެރިން އުޅެނީ ވަރަށް ގާތް ކޮށެވެ. އުޅަނދުވެސް ކުޑަވުމާއި ތިބޭ ފަތުރުވެރިންވެސް މަދުވުމާއި ފަޅުވެރިންވެސް މަދުވުމާއިއެކު ނިދާ ވަގުތު ފިޔަވައި އެންމެން ދިރިއުޅެނީ އެއްކޮޓަރިއެއްގައި ފަދަ ގޮތަކަށެވެ. 

އެހެންކަމުން ކޮރޯނާ ވައިރަސްގެ ވަބާ ޢާންމުވެފައިވާ މިފަދަ ސަފާރީތަކުގެ ފަޅުވެރިންގެ ސަލާމަތާއި ރައްކައުތެރިކަމަށް ވަރަށް ބޮޑަށް ވިސްނަން ޖެހެއެވެ. 

ބުކިންގްސް ވަނީ ހަދައިފައެވެ. ރާއްޖެ އަންނަން ހުއްދަ އޮތް ޤައުމުތަކުން ފަތުރުވެރިން ދާނީ އަންނަމުންނެވެ. ހަމަ ރިޒޯޓުތަކަށްވެސް އަންނަ ފަދައިންނެވެ. ވީމާ ސަފާރީތަކުގައި މަސައްކަތްކުރާ ފަޅުވެރިންގެ ސަލާމަތްކަމަށް ވަރަށް ބޮޑަށް ވިސްނަން މިވަނީ ޖެހިފައެވެ. ހަރުދަނާ ފިޔަވަޅުތަކެއްވެސް އަޅަން މިވަނީ ޖެހިފައެވެ. 

ކުރިމަތިވެދާނެ މައްސަލަތަކަށް ފަޅުވެރިން ހޭލުންތެރިކުރުވައި ކުރެވެން ހުރި ކަންކަން ފަހިކޮށްދިނުން ވަރަށް މުހިންމުކަން ފާހަގަކުރެވެއެވެ. މިހާރުވެސް ސަފާރީއެއްގެ 2 ފަތުރުވެރިން މިވަނީ ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ. ދުޢާއަކީ ފަޅުވެރިން މިފަދަ ނުރައްކާތަކުން ސަލާމަތްކޮށްދެއްވެވުމެވެ. އާމީން

މިއަދު އޮންލައިން