ކޮރޯނާވައިރަހާ ގުޅިގެން އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ހާލަތުގެ ބަޖެޓަށް 212 މިލިއަން ރުފިޔާ ކަނޑައަޅައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 45ސ
ކޮރޯނާވައިރަހާ ގުޅިގެން އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ހާލަތުގެ ބަޖެޓަށް 212 މިލިއަން ރުފިޔާ ކަނޑައަޅައިފި

ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ބަޖެޓަށް 212 މިލިއަން ރުފިޔާގެ ކޮންޓިންޖެންސީ ބަޖެޓެއް ފިނޭންސް މިނިސްޓްރީން ކަނޑައަޅައިފިއެވެ. 

ކޮވިޑް-19އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު މިރޭ ވިދާޅުވީ  ކުއްލި ހާލަތާ ގުޅިގެން ކޮންޓިންޖެންސީ ބަޖެޓެއްގެ ގޮތުގައި ފިނޭންސް މިނިސްޓްރީން 212 މިލިއަން ރުފިޔާ،  ކަނޑައަޅާފަ ކަމަށާއި މީގެތެރޭގައި ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ލިބޭ އަދަދުތައް މި ނުހިމެނޭ ކަމަށެވެ.

ކޮވިޑް-19 އާއި ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި ޗައިނާއިން ވެދެވޭނެ އެހީތެރިކަމާ ގުޅޭގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާ ހުންނަވާ ސަފީރު ޖަންގް ލިޖޮންގް މިއަދު ވަނީ މަޝްވަރާކޮށްފައެވެ. 

 

މިއަދު އޮންލައިން