ކޮރޯނާ ވައިރަސް އާ ގުޅިގެން ކ. ހުރާގަ ތަކުބީރު ކިޔައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 30ސ
ކޮރޯނާ ވައިރަސް އާ ގުޅިގެން ކ. ހުރާގަ ތަކުބީރު ކިޔައިފި

ކޮރޯނާ ވައިރަސް ޢާއި ގުޅިގެން މިރޭގެ ޢިޝާ ނަމާދަށްފަހު ކ. ހުރާގެ މަގުތަކުގައި ހިނގައި ތަކްބީރު ކިޔައިފިއެވެ. ބަލިމަޑުކަން ފެތުރޭނަމަ މަގުތަކުގައި ތަކްބީރު ކިޔުމަކީ ވަރަށް ކުރިންސުރެ ރާއްޖޭގައި ކުރަމުން އަންނަ ކަމެކެވެ. ނަމަވެސް ފަހަކަށް އައިސް އެކަން ކުރުން ވަނީ ހުއްޓާލައިފައެވެ.

 

މިކަން ކޮށްފައިވަނީ ޢާންމުންގެ ބައަކު އިސްނަގައިގެންނެވެ.

 

ކ. ހުރާއަކީ ފޯރސީސަންސް ކުޑަހުރާ އާއި ދާދިގާތުގައި އޮންނަ ރަށެކެވެ. އެ ރިޒޯޓުގައި ހުރާގެ ގިނަ ބައަކު ވަޒީފާ އަދާކުރެއެވެ. އަދި ރިޒޯޓުގެ ވަރަށް ގިނަ ބައަކު ނިދާހަދަނީ ހުރާގައެވެ.

 

ގުޅުންހުރި ވީޑިއޯ:

މިއަދު އޮންލައިން