ކޮރޯނާ ވައިރަސްގަ އެންމެ ޙާލު ބޮޑުވި މީހާގެ ޙާލު މިހާރު ސްޓޭބަލް!: ޑރ. މޫސާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ކޮރޯނާ ވައިރަސްގަ އެންމެ ޙާލު ބޮޑުވި މީހާގެ ޙާލު މިހާރު ސްޓޭބަލް!: ޑރ. މޫސާ

ކޮރޯނާ ވައިރަސްއަށް ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ ތެރެއިން އެންމެ ޙާލު ބޮޑުވި އުމުރުން ދުވަސްވީ މީހާގެ ޙާލު މި ހާރު ސްޓޭބަލްކަމަށް އައިޖީއެމްއެޗްގެ ސްޕެޝަލިސްޓް ޑޮކްޓަރ މޫސާ ޙުސެއިން ވިދާޅުވެއްޖެއެވެ. 

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮކްޓަރ މޫސާ ހުސެއިން ވިދާޅުވީ މިހާރު އޭނާއަށް އިތުރަށް އޮކްސިޖަން ވެސް ދޭން ނުޖެހޭ ކަމަށެވެ. 

"ފުރަތަމަ ދެ ދުވަހެއްގައި ހާލަތު ގޯސްވަމުން ދިއަ. އޮކްސިޖަން ދޭންޖެހޭ މިންވަރު އިތުރުވެ ހުން ނުފިލާ ހުރި. އެކަމަކު މިހާރު ހުމެއް ނާދެ. އިތުރަށް އޮކްސިޖަން ދޭކަށް ނުޖެހޭ. މިވަގުތު ބަލިމީހާގެ ހާލަތު ސްޓޭބަލް،" ޑރ. މޫސާ ޙުސެއިން ވިދާޅުވިއެވެ. 

ދުޢާއަކީ ކޮރޯނާ ވައިރަސް ރާއްޖެއިން އަވަހަށް ފިލައިގެން ދިއުމާއި ޕޮޒިޓިވްވެފައިވާ މީހުންނަށް އަވަސް ޝިފާއެއް މިންވަރުކޮށްދެއްވެވުމެވެ. އަދި ދުނިޔެއިން ވެސް ކޮރޯނާ ވައިރަސް ޢާއި މިފަދަ ނުރައްކާތެރި ބަލިތައް ފިލައިގެން ދިއުމެވެ. އާމީން

މިއަދު އޮންލައިން