ކޮރޯނާއަށް ޕޮޒިޓިވްވި މީހަކާއި ކޮންޓެކްޓްވި ދިވެހި މީހާ ހުރީ ހުޅުމާލޭގަ!

ކިޔުމަށް ހޭދަވާނީ 52ސ
ކޮރޯނާއަށް ޕޮޒިޓިވްވި މީހަކާއި ކޮންޓެކްޓްވި ދިވެހި މީހާ ހުރީ ހުޅުމާލޭގަ!

އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓުން ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް19 އަށް ޕޮސިޓިވްވި މީހަކާއި ޑައިރެކްޓް ކޮންޓެކްޓްވި ދިވެހި މީހަކު، ހުރީ ހުޅުމާލޭގައި ކަމަށް ސަރުކާރުން ބުނެފިއެވެ.

ސަރުކާރުގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ކޯވިޑް 19 އަށް ޕޮޒިޓިވްވި މީހަކާއި ޑައިރެކްޓް ކޮންޓެކްޓްވި ދިވެހި މީހާ ހުރީ އެ ރިސޯޓުގައި ނޫން ކަމަށާއި އެގޮތުން އެންމެފަހުން އޭނާ ހުރީ ހުޅުމާލޭގައި ކަމަށެވެ. އަދި ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އެ ދިވެހި މީހާ ފަރުކޮޅުފުއްޓަށް ބަދަލުކޮށް ކޯވިޑް-19 އަށް ޓެސްޓް ކުރަމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. އަދި އެދިވެހި މީހާއާއި ކޮންޓެކްޓްވި އެހެން މީހުން ވެސް ފާހަގަ ކުރަމުން އަންނަ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އަނަންތަރާ ދިގު ރިސޯޓުން މި ބައްޔަށް ދެ މީހަކު ޕޮޒިޓިވް ވެފައިވެއެވެ. އެއީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ބިދޭސީ ދެމަފިރިންނެވެ.

މިއަދު އޮންލައިން