ދެ ރިސޯޓަކުން ތިން މީހަކު ކޮރޯނާ ވައިރަހަށް ޓެސްޓު ކުރަނީ!

ކިޔުމަށް ހޭދަވާނީ 50ސ
ދެ ރިސޯޓަކުން ތިން މީހަކު ކޮރޯނާ ވައިރަހަށް ޓެސްޓު ކުރަނީ!

ރާއްޖޭގެ ދެ ރިސޯޓަކުން ތިން މީހަކު ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19 އަށް ޓެސްޓު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޯވިޑް 19 އަށް ޓެސްޓު ކުރުމަށް ފޮނުވާފައިވަނީ ފޯ ސީޒަން މޯލްޑިވްސް ރިސޯޓާއި އާވީ ނޭޗަރސް ޕެރެޑައިސް މޯލްޑިވްސް ރިސޯޓުގެ ތިން މީހެކެވެ. އަދި މި ދެ ރިސޯޓުވެސް މިހާރު ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ ޓެސްޓު ކުރުމަށް ފޮނުވާފައިވަނީ އާވީ ނޭޗަރސް ޕެރެޑައިސް މޯލްޑިވްސް ރިސޯޓުގެ އެއް ބިދޭސީއަކާއި ފޯ ސީޒަންސް ރިސޯޓުގެ ދެ ބިދޭސީއެއްގެ ސާމްޕަލް ކަމަށެވެ. އެމީހުންގެ ޓެސްޓުގެ ނަތީޖާ ލިބެންދެން އެ ދެ ރިސޯޓުވެސް މިހާރު އޮތީ މޮނީޓަރިން ލެވެލްގައެވެ.

ރާއްޖޭގައި މިހާތަނަށް 13 މީހަކު ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވެފައިވެއެވެ. އަދި ސަރުކާރުން ވަނީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާނު ކޮށްފައެވެ.

މިއަދު އޮންލައިން