ކްރޯނާވައިރަސް ނުވަތަ ކޮވިޑް-19 އާއި ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި ޗައިނާއިން ވެދެވޭނެ އެހީތެރިކަމާ ގުޅޭގޮތުން މިއަދު މަޝްވަރާކޮށްފި އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާ ހުންނަވާ ސަފީރު ޖަންގް ލިޖޮންގް މިއަދު ބައްދަލުކުރައި ކޮވިޑް-19 އާ ގުޅިގެން ޗައިނާއިން ރާއްޖެއަށް ފޯރުކޮށްދެވޭނެ އެހީތެރިކަމާ ގުޅޭގޮތުން ދެގައުމުގެ ދެމެދުގައި ވަނީ މަޝްވަރައްވާފައެވެ. އަދި ޗައިނާއިން ރާއްޖެއަށް ފޯރުކޮށްދެވޭނެ އެހީތެރިކަމަށް ބަލައި ބޭނުންވާނެކަމަށް ލަފާކުރެވޭ ތަކެތީގެ ލިސްޓެއް ވެސް ވަނީ އެކުލަވާލައިފައެވެ.
މިމަޝްވަރާ ބައްދަލުކުރެއްވުމަށްފައު މިނިސްޓައ ޝާހިދު ވިދާޅުވީ ރާއްޖެއަށް ބޭނުންޖެހޭ ކޮންމެ ދަނޑިވަޅެއްގައި ޗައިނާއަކީ ވަރަށް މުހިއްމު ބައިވެރިއެއް ކަމަށާއި އަދި އިތުބާރުކުރެވޭ ރަހުމަތްތެރިއެއް ކަމަށެވެ.
ޗައިނާ ސަފީރު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ޗައިނާއަށް ދިމާވެފައިވާ ހިތާމަވެރި ދަނޑިވަޅުގައި ރާއްޖޭގެ ސަރުކާރުންނާއި އާންމުންގެ ފަރާތުން ލިބޭ ސަޕޯޓަށް ޝުކުރުކުރައްވާ ކަމަށެވެ.