ކޮރޯނާ ވައިރަހަށް ޓެސްޓުކުރާ ފަސްހާސް ކިޓް ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ހަދިޔާ ކޮށްފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 51ސ
ކޮރޯނާ ވައިރަހަށް ޓެސްޓުކުރާ ފަސްހާސް ކިޓް ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ހަދިޔާ ކޮށްފި!

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް19 އަށް ޓެސްޓުކުރާ ފަސްހާސް ކިޓް ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ހަދިޔާ ކޮށްފިއެވެ. 

ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޓެސްޓް ކިޓް ތަކާއި ރާއްޖެއިން ހަވާލުވެ ވަޑައިގަތީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ. މީގެ ކުރިން ވެސް ޑަބްލިއުއެޗްއޯ އިން ވަނީ ރާއްޖެއަށް 1000 ކިޓް ހަދިޔާކޮށްފައެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އަމީން ވިދާޅުވީ، ޑަބްލިއުއެޗްއޯގެ އެހީތެރިކަމާއެކު މިއަދު ރާއްޖެއަށް 5000 ޓެސްޓް ކިޓް ލިބުނުއިރު މީގެކުރިން މި ބައްޔަށް ޓެސްޓް ކުރަން ފެށުނީވެސް ޑަބްލއިުއެޗްއޯގެ އެހީތެރިކަމާއެކުގައި ކަމަށެވެ. 

ކޮރޯނާ ވައިރަހަށް ރާއްޖޭގައި ޓެސްޓް ކުރުމުގެ ގާބިލްކަން އިތުރު ކުރަން މަސައްކަތް ކުރާ ކަމަށާއި މި ވައިރަސް ހަލުއި ކަމާއެކު ދިވެހިންގެ ތެރޭގައި ފެތުރޭ ފަދަ ހާލަތެއްގައި ވީ އެންމެ އަވަހަކަށް ޓެސްޓް ކުރެވޭނެ ނިޒާމު މިހާރު ގާއިމްކުރެވިފައިވާ ކަމަށް  މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މިއަދު އޮންލައިން