ގްރޭޑް 10ގެ ދަރިވަރުން ސަމާލުވޭ - މާދަމާ ޔެސް ޓީވީން ފިލާވަޅުތައް ގެނެސްދޭނެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ
ގްރޭޑް 10ގެ ދަރިވަރުން ސަމާލުވޭ - މާދަމާ ޔެސް ޓީވީން ފިލާވަޅުތައް ގެނެސްދޭނެ!

ޕީއެސްއެމްގެ ޗެނަލް ޔޭސްޓީވީ މެދުވެރިކޮށް މާދަމާ  ގްރޭޑް 10 އެއްގައި ކިޔަވާ ދަރިވަރުންގެ ފިލާވަޅުތައް ގެނެސްދޭން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ މާދަމާ "ޔެސް ޓީވީ"ން ދަރިވަރުންގެ ފިލާވަޅުތައް ގެނެސްދޭ "ޓެލެ ކިލާސް"ތައް ފަށާނީ ހެނދުނު 8:00 އިން ފެށިގެން މެންދުރު 2:00 އަށް ފިލާވަޅުތައް ކުރިއަށް ގެންދާނެ ކަމަށެވެ.

މި"ޓެލެ ކިލާސް"ތަކުގައި ނަގައިދޭ މާއްދާތަކަކީ؛ އިސްލާމް، އިނގިރޭސި، ހިސާބު، ކޮމްޕިޔުޓަރު ސްޓަޑީޒް އަދި ދިވެއްސެވެ.

ކޮރޯނާވައިރަސް ނުވަަތަ ކޮވިޑް-19 ގެ ސަބަބުން ސްކޫލްތައް އިތުރަށް ބަންދުކުރަން ޖެހިއްޖެ ހާލަތަަކަށް ތައްޔާރުވުމުގެ ގޮތުން ދެން ބޭނުންކުރާނެ ސްކީމާއި ފިލާވަޅުތަކަށް ބޭނުންވާނެ އެހީއާއި އެތަކެތި ތައްޔާރުކުރުމުގެ މަސައްކަތް ޓީޗަރުން މި ފެށޭ ހަފްތާގައި ކުރިއަށްގެންދާނެ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

 

މިއަދު އޮންލައިން