ނިޔުޒީލަންޑަށް އެތެރެވާ ކޮންމެ މީހަކު ސާދަ ދުވަހު ކަރަންޓީނުގަ ހުންނަން ޖެހޭ ގޮތަށް ހަމަޖައްސައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ނިޔުޒީލަންޑަށް އެތެރެވާ ކޮންމެ މީހަކު ސާދަ ދުވަހު ކަރަންޓީނުގަ ހުންނަން ޖެހޭ ގޮތަށް ހަމަޖައްސައިފި

ނިޔުޒީލަންޑަށް އެތެރެވާ ކޮންމެ މީހަކު 14 ދުވަސް ވަންދެން ކަރަންޓީނުގަ ހުންނަން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ. އަދި މިގޮތަށް ހުންނަން ޖެހޭނީ އެމީހަކު އަމިއްލައަށް އެކަން ކުރާ ގޮތަށް ކަމަށްވެސް ވަނީ ހަމަޖައްސައިފައެވެ.

މީގެ ތެރޭގައި ކޮރޯނާ ވައިރަސް އަދި ފެނިފައިނުވާ ކުދި ބައެއް ޤައުމުތައް ވަނީ އިސްތިސްނާ ކޮށްފައެވެ.

ބޮޑުވަޒީރު ޖަސިންދާ ވިދާޅުވީ މުޅި ދުނިޔެއަށް ފެތުރެމުން އަންނަ ވަބާއަކުން އެއްވެސް ޤައުމަކަށް ސަލާމަތްވެގެން ނޯވެވޭނެ ކަމަށާއި ނަމަވެސް ފެތުރުން ކޮންޓްރޯލް ކުރަން ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ. "ނިޔުޒީލަންޑުން އެންމެ ބޮޑު ސަމާލުކަމެއް ދޭނީ ރައްޔިތުންގެ ޞިއްހަތަށް. އެއިރުން ވިޔަފާރިއާ ފަތުރުވެރިކަމުން ލިބޭ ގެއްލުންތަކުން ސަލާމަތްވެވޭނެ!"

ރިޕޯޓްތައް ބުނާ ގޮތުން މިއަދާއި ހަމައަށް ނިޔުޒީލަންޑުގައި ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވެ ވެފައިވަނީ 6 މީހެކެވެ.

މިއަދު އޮންލައިން