ޝައިޚް ޢަލީ ޒައިދު ޕީޖީ ޝަމީމަށް!: އިސްލާމް ދީނާ ދެކޮޅަށް މަސައްކަތްކުރާ މީހަކަށް އެޅޭނެ ޤާނޫނީ ފިޔަވަޅަކީ ކޮބައިތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ޝައިޚް ޢަލީ ޒައިދު ޕީޖީ ޝަމީމަށް!: އިސްލާމް ދީނާ ދެކޮޅަށް މަސައްކަތްކުރާ މީހަކަށް އެޅޭނެ ޤާނޫނީ ފިޔަވަޅަކީ ކޮބައިތޯ؟

އިސްލާމް ދީނާއި ދެކޮޅަށް މަސައްކަތްކުރާ ދިވެހިންނާއިމެދު އެލޭނެ އެންމެ ބޮޑު ޤާނޫނީ ފިޔަވަޅު އެނގެން ރައްޔިތުން ބޭނުންވާ ކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

"ރާއްޖޭގެ ފަރުދަކު އިސްލާމް ދީން ދޫކޮށްލައި، އިސްލާމް ދީނާ ދެކޮޅަށް ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތްކޮށް، ﷲ އަށް ބަދުބަސް ރައްދުވާ ގޮތަށް ޕްރޮފައިލްވެސް ބަހައްޓައިގެން ޓްވީޓް ކުރާނަމަ އެޅޭނެ އެންމެ ބޮޑު ފިޔަވަޅަކީ ކޮބައިތޯ؟" މިއީ މިއަދު މެންދުރު ޝައިޚް ޢަލީ ޒައިދު ޕީޖީ ޙުސައިން ޝަމީމް އާއި ޓްވިޓަރ މެދުވެރިކޮށް ކުރައްވާފައިވާ ސުވާލެކެވެ.

"މެންދުރުންސުރެ އަޅުގަނޑު މިހުރީ ޕީޖީ ޙުސައިން ޝަމީމްގެ ޖަވާބުގެ އިންތިޒާރުގައެވެ. ދީނަށް ގޮންޖަހައި މަލާމާތްކޮށް ދީނީ އެއްބައިވަންތަކަން ނަގާލަން މަސައްކަތްކުރާ މީހަކަށް އެޅޭނެ އެންމެ ބޮޑު ޤާނޫނީ ފިޔަވަޅަކީ ކޮބައިކަން އެނގެން ރައްޔިތުން ބޭނުންވެއެވެ. މަނިކުފާނު ސުވާލަށް ޖަވާބު ނުދެއްވަނީ ކީއްވެގެންތޯ؟" މިއީ ސުވާލުގެ ޖަވާބު ލިބުން ލަސްވާތީ ކުރައްވާފައިވާ ސުވާލެވެ.

ޝައިޚް ޢަލީ ޒައިދު މިފަދަ މައްސަލައެއް ފާހަގަކުރައްވާފައި މިވަނީ މިފަދަ މައްސަލައެއްގައި ބަންދުކުރެވުނު ތިނަދޫ މީހަކު ދޫކޮށްލުމުން އަލުން އޭނާ އިސްލާމް ދީނާއި ދެކޮޅަށް ފައުޅުގައި ނުކުތުމުންނެވެ. މީގެ އިތުރުން ރަސޫލް (ޞޢވ) ގެ ޝަޚްޞިއްޔަތާއިމެދު ޙަދީޘްފުޅުތަކާއިމެދު ސުވާލު އުފެދޭ ފަދަ ކަންކަން ތައުލީމީ ދާއިރާގެ އިސް ބޭފުޅަކު ކުރެއްވި މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.

މިއަދު އޮންލައިން