ސައުދީން ހުރިހާ އިންޓަރނޭޝަނަލް ފްލައިޓްތަކެއް ސާދަ ދުވަހަށް ހުއްޓާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 27ސ
ސައުދީން ހުރިހާ އިންޓަރނޭޝަނަލް ފްލައިޓްތަކެއް ސާދަ ދުވަހަށް ހުއްޓާލައިފި

ސައުދީން ހުރިހާ އިންޓަރނޭޝަނަލް ފްލައިޓްތަކެއް 14 ދުވަހަށް ހުއްޓާލައިފިއެވެ.

މައުލޫމާތުލިބޭ ގޮތުން މިފިޔަވަޅާއި ގުޅިގެން ސައުދީގައި މަޑުކުރަންޖެހޭ ބޭރު ޤައުމުތަކުގެ މީހުންނަށް އިތުރަށް ސައުދީގައި ހޭދަކުރަން ޖެހޭ ދުވަސްތަކަށް ޝުއްޓީ ހަމަޖައްސައިދޭނީ ސަރުކާރުންނެވެ. އަދި މުއްދަތުގައި ޖައްސައި ފުރާ ހެދޭނީ ހަމައެކަނި "ޚާއްޞަ" ފްލައިޓްތަކަށެވެ.

ރިޕޯޓްތައް ބުނާގޮތުން ސައުދީގައި ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 86 އަށް އިތުރުވެފައެވެ. އަދި މިހައިތަނަށް އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ.

މިއަދު އޮންލައިން