ދަރުމަވަންތަ ހޮސްޕިޓަލުގަ އޮތް ބަލިމީހާގެ ޙާލު އަންނަނީ ރަނގަޅުވަމުން: ޑރ. މުރާދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 31ސ
ދަރުމަވަންތަ ހޮސްޕިޓަލުގަ އޮތް ބަލިމީހާގެ ޙާލު އަންނަނީ ރަނގަޅުވަމުން: ޑރ. މުރާދު

ރާއްޖޭގައި ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް މީހުންގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލުގެ ޚާއްޞ އައިސީޔޫ ފެސިލިޓީއަށް ބަދަލުކުރި އުމުރުން ދުވަސްވީ ފަތުރުވެރިޔާގެ ޙާލު ރަނގަޅުވަމުން އަންނަ ކަމަށް ޑރ. މުރާދު ވިދާޅުވެއްޖެއެވެ.

ޑރ. މުރާދު މިރޭ ވިދާޅުވީ އޭނާއަށް ނޭވާލާން މިހާރު ފަސޭހަކަމަށް ބުނާ ކަމަށާއި ނިޔުމޯނިއާގެ ސަބަބުން ފުއްޕާމޭގައި ފެންހެދިފައިވާ ކަމަށެވެ.

ޑރ. މުރާދު ރޭ ވިދާޅުވީ އޭނާ މިހާރު ނޭވާލެވެނީ އޮކްސިޖަންދީގެން ކަމަށެވެ.

އޭނާ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރީވެސް އޭނާއަކީ އުމުރުން ދުވަސްވީ މީހެއްކަމުން މިފަދަ ޙާލަތަށް ހިނގައިދާނެކަމަށް ބެލެވިގެން ކަމަށްވެސް ޑރ. މުރާދު ވިދާޅުވިއެވެ.

މިއަދު އޮންލައިން