އިންޑިއާއިން ހަދިޔާކުރި ބޭސް ދިވެހި ސަރުކާރާ ހަވާލުކޮށްފި!

ކިޔުމަށް ހޭދަވާނީ 1މ 34ސ
އިންޑިއާއިން ހަދިޔާކުރި ބޭސް ދިވެހި ސަރުކާރާ ހަވާލުކޮށްފި!

މުޅި ދުނިޔެއަށް ހަލުވިކާމއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް19 އިން ރައްކާތެރިވުމަށް ރާއްޖެއިން ކުރާ މަސައްކަތުގައި އެހީތެރިވުމަށް އިންޑިއާ ސަރުކާރުން ހަދިޔާކުރި، ތިން މަސް ދުވަހަށް ބޭނުންވާ ބޭސް ދިވެހި ސަރުކާރާއި ޙަވާލުކޮށްފިއެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިޔާތުގައި މިބޭސް، ރަމްޒީގޮތުން ޙަވާލުކޮށްދެއްވީ އިންޑިއާގެ ސަފީރު ސަންޖޭސުދީރެވެ. ރާއްޖޭގެ ފަރާތުން ބޭހާ ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދެވެ.

މިރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުވަނީ ކޯވިޑް19 އާ ގުޅިގެން އިންޑިއާއިން އެހެން ޤައުމުތަކަށް ބޭސް ވިއްކުން ހުއްޓާލާފައިވާ މި ދަނޑިވަޅުގައި މިޙާލަތަށް ކޮންމެހެން ބޭނުންވާ ބޭސްތައް ހިމެނޭހެން ފަންސާސް ތިން ބޭހެއް ރާއްޖެއަށް ހަދިޔާކުރެއްވިކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖެއިން އެހީތެރިކަމަށް ބޭނުންވާ ކޮންމެ ވަގުތެއްގައި މިފަދަ އެހީ އިންޑިއާއިން ރާއްޖެއަށް ލިބޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ކޯވިޑް19 އިން ރައްކާތެރިވުމަށް ކުރާ މަސައްކަތްތަކުގައި ޤައުމުތަކުން ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަން ފޮރިން މިނިސްޓަރުވަނީ ފާހަގަކުރައްވާފައއެވެ. އިންޑިއާއިން ހަދިޔާކުރި ބޭސް، ގެންދަންވާ ތަންތަނަށް ގެންދިއުމުގެ މަސައްކަތް ޤައުމީ ދިފާޢީ ބާރުން މިހާރުދަނީ ކުރަމުންނެވެ.

ކޯވިޑް-19 އަކީ މުޅި ދުނިޔެއަށް ފެތުރެމުން އަންނަ ބަލިމަޑުކަމެއްގެ ގޮތުގައި ޑަބްލިއުއެޗްއޯ އިން ކަނޑައެޅުމާ ގުޅިގެން އިންޑިއާއިން ދޭން ނިންމި އެހީގެ ތެރޭގައި ހިމެނޭ ސިއްހީ މާހިރުންނާއި ޚިދުމަތްތެރިން ހިމެނޭ ސާދަ މެމްބަރުންގެ ޚާއްސަ ޓީމެއް މިހާރުވަނީ ރާއްޖެ އައިސްފައެވެ. މި ޓީމުގައި ނޭވާލާ ނިޒާމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުންނާއި، ހޭނެއްތުމަށް ޚާއްސަ ޑޮކްޓަރުންނާއި، ފިޒީޝަނުންނާއި ލެބޯޓްރީ ޓެކްނީޝަނުންވެސް ހިމެނޭ ކަމަށް އިންޑިއާ ހައިކޮމިޝަނުން ވިދާޅުވެފައެވެ.

މިއަދު އޮންލައިން