އެމެރިކާ، އިނގިރޭސިވިލާތް އަދި އެފްރިކާގެ މެޑިކަލް ޓީމެއް ރާއްޖެ ގެންނަނީ!

ކިޔުމަށް ހޭދަވާނީ 1މ 24ސ
އެމެރިކާ، އިނގިރޭސިވިލާތް އަދި އެފްރިކާގެ މެޑިކަލް ޓީމެއް ރާއްޖެ ގެންނަނީ!

ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކާ ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭރުގެ ތިން ޤައުމަކުން މެޑިކަލް ޓީމްތައް މިމަހުގެ 19 ވަނަ ދުވަހު ރާއްޖެ އައުމަށް ހަމަޖެހިފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ ހާލަތާއި ގުޅޭގޮތުން މަޢުލޫމާތުދިނުމަށް ނެޝެނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ، ރާއްޖެއަށް ޞިއްޙީގޮތުން ބޭނުންވާ އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކާ ބޭރުގެ ތިން ޤައުމަކުން މެޑިކަލް ޓީމްތައް މިމަހުގެ 19 ވަނަ ދުވަހު ރާއްޖެ އައުމަށް ހަމަޖެހިފައިވާކަމަށެވެ.

މީގެ ތެރޭގައި އެމެރިކާއާއި، އިނގިރޭސިވިލާތް އަދި އެފްރިކާގެ ޑޮކްޓަރުންނާއި ނަރުހުންގެ ޓީމްތައް ހިމެނޭކަމަށް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވިއެވެ. އަދި މި ޓީމްތައް ރާއްޖެ ގެންނަނީ ޓޫރިޒަމް ޓްރަސްޓް ފަންޑުން ޚަރަދުކޮށްގެން އިންޑަސްޓްރީގެ އެހީތެރިކަމާއެކު ކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

"ޓޫރިޒަމްގެ ޓްރަސްޓް ފަންޑުން އިންޑިސްޓްރީގެ އެހީތެރިކަމާއެކު އެމެރިކާއާއި، އިނގިރޭސިވިލާތާއި އެފްރިކާގެ ޑޮކްޓަރުންނާއި ނަރުހުންނާއި ފަންނީ ބޭފުޅުން ހިމެނޭ ޓީމެއް އަންނަ ބުރާސްފަތި ދުވަހު ރާއްޖެ އަންނާނެ. އެއީ އަޅުގަނޑުމެން ދެކޭގޮތުގައި ކުރިއަށްއޮތް ހަފްތާތައް ވެގެންދާނީ މިކަމުގައި ވަރުގަދަ މަސައްކަތްތަކެއް ކުރަންޖެހޭ ދުވަސްތަކަކަށް. އެހެންވީމަ އެއްމަސް ދުވަހުގެ މުއްދަތަކަށް މެޑިކަލް ޓީމެއް މިހާރުގެ ޓާސްކްފޯހަށް އަޅުގަނޑުމެން ހަދިޔާކުރަން" ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވިއެވެ.

މިއަދު އޮންލައިން