އެޗްޕީއޭގެ އެންގުންތަކާ ހިލާފުވާނަމަ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ސަރުކާރުން ދީފި!

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
އެޗްޕީއޭގެ އެންގުންތަކާ ހިލާފުވާނަމަ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ސަރުކާރުން ދީފި!

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް19 އާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖޭންސީ (އެޗްޕީއޭ) އިން އަންގާ އެންގުންތަކާ ހިލާފުވާ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ސަރުކާރުން މިއަދުއެވެ. 

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީ އާއި އެޗްޕީއޭއިން އަދި ހެލްތު މިނިސްޓްރީން ކޮވިޓް 19 އާ ގުޅިގެން ވަރަށް ގިނަ ސާކިއުލާތައް ރާއްޖޭގެ ހުރިހާ ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަނަށް ފޮނުވާފައިވާނެ ކަމަށާއި މިސާކިއުލާތަކާ ހިލާފަށް ކިތަންމެ ކުޑަ ނަމަވެސް ހިލާފު އަމަލެއްކޮށްފި ނަމަ، ސަރުކާރުން ނިންމާފައިވަނީ އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅަންކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ މިހާރު ވެސް ފުލުހުން ތަހުގީގުތަކެއް ކުރަމުން އަންނަ ކަމަށާއި ތަހުގީގުތައް ނިމުމަށްފަހު އިހުމާލުވާ ފަރާތެއްވާނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

ކޮވިޑް19އަށް ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ އަދަދު މިހާތަނަށް ވަނީ 10 އަކަށް އަރާފައި އެވެ. މީގެތެރޭގައި ހިމެނެނީ މުޅިން ވެސް ބިދޭސީންނެވެ. މިކަމާގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ވަނީ 30 ދުވަހަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

މިއަދު އޮންލައިން